ކުޅިވަރު

އީގަލްސްއިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފި


ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު 3-2އިން އީގަލްސް މެޗު ކާމިޔާބުކޮށް ހިއްވަރު އާކޮށްފިއެވެ.

މިއަދުގެ މެޗުގައި އީގަލްސް އިން ތިން ލަނޑު ޖަހާފައި ވަނިކޮށް ޔޫވީން ފަހު ވަގުތު ދެ ގޯލް ޖަހައި އެއްވަރުކުރުމާ ގާތަށް ވެސް ދިޔައެވެ. އީގަލްސް އަށް ފުރަތަމަ ލަނޑު ޖަހައިދިނީ 22 ވަނަ މިނެޓުގައި މިސްރު ފޯވާޑް އޮސާމާ އަމްބަރެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އޮސާމާ ނަގައިދިން ހުރަހަކުން ބޮލުން ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޒައިން ޒަފަރު ދިން ބޯޅައަކުން ހަންނަ އީގަލްސްގެ ތިން ވަނަ ލަނޑު ޖެހިއެވެ.

ޔޫވީގެ ފުރަތަމަ ލަނޑު 90 ވަނަ މިނެޓުގައި ޖެހީ އަލީ ހައިޝަމް (ޗުމްޕު) ދިން ބޯޅައަކުން ބައްސާމް މުހައްމަދު (ބައްކު) އެވެ. އަދި އިތުރު ވަގުތުގެ ތެރޭ ވަސިޗޭފް އަނަޓޮލީ ދިން ބޯޅައަކުން އީސަ ޔޫވީ އަށް ދެ ވަނަ ލަނޑު ޖެހިއެވެ. މެޗުގެ ފަހުމިނުޓުގައި ޔޫވީ އަށް ލިބުނު ހިލޭ ޖެހުމަކުން އުފެއްދި އެޓޭކެއްގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް އަހުމަދު ރަޝީދު (އައްމަޑޭ) ހުހަށް އަރައި ބޮލުން ޖެހުމުން ދިޔައީ ސީދާ ނުވެއެވެ.

މި ނަތީޖާއާ އެކު ފަސް މެޗުން އީގަލްސް ވަނީ ހަތަރު ޕޮއިންޓް ހޯދައި ހަ ވަނަ އަށް އަރައިފައެވެ. ޔޫވީ އޮތީ ދެ ޕޮއިންޓާއެކު އަށް ވަނައިގައެވެ.