ފްރެންޗް ލީގުގައި ޕީއެސްޖީގެ އާ ކޯޗު މައުރީސިޔޯ ޕޮޗެޓީނިޔޯގެ ފުރަތަމަ މެޗުން ޕީއެސްޖީ އެއްވަރުވެއްޖެއެވެ.
ސެއިންޓް އެޓެއިންއާ ވާދަކޮށް ރަށުން ބޭރުގައި ޕީއެސްޖީ އެއްވަރުވީ 1-1 ލަނޑުންނެވެ. ރޯމަން ހަމައުމާގެ ލަނޑުން އެޓައިނުން ކުރި ހޯދާފަވަނިކޮށް ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކުރީ މޮއީސް ކީންގެ ލަނޑުންނެވެ. މިއީ އެވަޓަންއިން މި ސީޒަންގައި ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގައި ޕީއެސްޖީއާ ގުޅުނު ކީން އެޓީމަށް ޖަހައިދިން 10 ވަނަ ލަނޑެވެ. ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ތެރެއިން އޮލިންޕިކް ލިޔޯން ވަނީ ލެންސްއާ ވާދަކޮށް 3-2 ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ.
ލީގުގެ ދެވަނައިގަ އޮތް ލިލޭ ވަނީ އަމިއްލަ ދަނޑުގައި އެންގާސް އަތުން 2-1 ލަނޑުން ބަލިވެފައެވެ. މާސޭ ވަނީ މޮންޓަރޕިލާ ވާދަކޮށް 3-1 ލަނޑުން މޮޅުވެފައެވެ. މި ނަތީޖާއެކު ލިޔޯން އެއްވަނައިގަ އޮތީ 18 މެޗުން 39 ޕޮއިންޓާއެކުއެވެ. ޕީއެސްޖީ ދެވަނާގައި އޮތީ 36 ޕޮއިންޓާއެކުއެވެ. ތިންވަނައިގަ އޮތް ލިލްއަށް މިއަދަދަށް ޕޮއިންޓް ލިބަފަވާއިރު ހަތަރުވަނާއިގަވާ ރެންނައިސްއަށް ލިބިފައިވަނީ 32 ޕޮއިންޓްއެވެ.