ރާއްޖެއިން އިތުރު 33މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ. ހޮނިހިރު ދުވަހުގެ 18:00އިން ފެށިގެން އާދިއްތަދުވަހުގެ 18:00އަށް މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވީ 24މިހުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުން އެކަކު އަދި ރިސޯޓްތަކުން 6މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ސަފާރީތަކުން އެކަކު އަދި އިންޑަސްޓިއަލް މަސައްކަތް ކުރާ ރަށަކުން އެކަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އަލަށް ޕޮޒިޓިވްވި 33މީހުންނާއިއެކު، ރާއްޖެއިން މިހާތަނަށް 13،867މީހުން މިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވް ތިބީ 621މީހުންނެވެ.
ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަދުވަހުގެ އިރުއޮއްސި 06:00އަށް ކޯވިޑް 19 ބަލިން ރަނގަޅުވެފައިވަނީ 25މީހުންނެވެ. ކޯވިޑް 19ބަލި ރާއްޖޭގައި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13،191މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިވަގުތު ފަރުވާހޯދަމުންދަނީ 31މީހުންނަށެވެ. ކޯވިޑް-19އަށް ޓެސްޓުކުރުމަށް ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި 1734ސާމްޕަލްވަނީ ނަގާފައެވެ. ބަލި ދެނެގަތުމަށް ރިޕީޓް ސާމްޕަލްތަކާއިއެކު މިހާތަނަށް 322،728 ސާމްޕަލްވަނީ ޓެސްޓުކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފެނިފައިވަނީ 7 މާޗް 2020ގައެވެ. 2020 ނިމުނުއިރު ރާއްޖެއިން 13757 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.