ކުޅިވަރު

މެޗުތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފާތީވެ ހިތްހަމައެއް ނުޖެހޭ - ޒިދާން


ސްޕެނިޝް ލަލީގައި ރެއާލްމެޑްރިޑްގެ މެޗުތަކުގައި އެޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފާތީވެ ހިތްހަމަނުޖެހޭ ކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ މެޗުތަކުގައި ލިބޭފުރުސަތުތައް ނަގާލާކަމަށް ވާނަމަ މެޗުތަކުން މޮޅުވާން އުނދަގޫވާނެ ކަމަށެވެ. އެންމެފަހުން އެލްޗޭ އަތުން އެއްވަރުވި މެޗަށްފަހު ވާހަދައްކަމުން ޒިދާން ބުނީ ރެއާލުން ފުރުތަމު ކުރި ހޯދި ނަމަވެސް އިދިކޮޅު ޓީމުން އެއްވަރުކުރުމުން ދެން މެޗުގައި މެޑްރިޑަށް އުނދަގޫ ކުރިމަތިވިކަމަށެވެ. އޭނާ ބުނީ މެޗުގައި ދެވަނަ ލަނޑެއް ޖެހުމާ ގާތައް މެޑްރިޑް ދިޔަނަމަވެސް އެފުރުސަތުގެ ބޭނުން މާ އެދެވޭ ގޮތެއްގައި ޓީމަށް ނުހިފުނުކަމަށެވެ. ޒިދާން ބުނީ ޓީމަށް ދިމާވާފެވަނީ އޯވާ ކޮންފިޑެންސްގެ މައްސަލައެއް ނޫންކަމަށާއި ލަނޑުޖެހުމުގެ ހައްލު އޭނާގެ ޓީމަށް ހޯދޭނެކަމަށެވެ.

ހުސްވި ސީޒަންގައި މެޑްރިޑަށް ލީގު ހޯދައިދިން ކޯޗު ބުނީ މިވަގުތައް ބަލާއިރު ގެއްލިގެން ދިޔައީ މުހިންމު ޕޮއިންޓެއް ކަމަށާއި ކުރިޔަށް ހުރި މެޗުތަކުގައި ވާނެގޮތެއް އަދި ނޭގޭކަމަށެވެ. މިއީ ދިގު ލީގެއް ކަމަށާއި އަދި ލީގުގައި ކުރިޔަށް ބައިވަރު މެޗުތައް ހުރުމުން ކޮންމެ ޓީމެއްގެ އަތުންވެސް ޕޮއިންޓުތަކެއް ގެއްލިގެން ދާނެކަމަށް ޒިދާން ބުންޏެވެ.

ލަލީގާގައި މިވަގުތު ދެވަނައިގައި ރެއާލް މެޑްރިޑު އޮތީ ކުރީގައިވާ އެތުލެޓިކޯއަށް ވުރެ ދެ ޕޮއިންޓް މަދުން ހޯދައިގެންނެވެ.