ކުޅިވަރު

ދަޑިމަގު ހުދަކެޑެ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި


    ފްރީގައިޒް ވޮލީ ބޯޅަ
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ދެވަނަ މެޗް ދަޑިމަގު ހުދަކެޑެ ކާމިޔާބުކޮށްފި.
ހޯދަޑު ޔަންގ ޖެނެރޭޝަންއާ ވާދަކޮށް ދަޑިމަގު ހުދެކެޑެ މިމެޗް ކާމިޔާބުކުރީ ތިން
ސެޓް ދެސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ފަންސަވީސް ބާވީހުން ދަޑިމަގު ހޯދިއިރު
ދެވަނަ ސެޓް ފަންސަވީސް އަށާރައިން ކާމިޔާބުކުރީ ހޯދަޑެވެ. މެޗްގެ ތިންވަނަ ސެޓް
ފަންސަވީސް އެކާވީހުން ހޯދީ ދަޑިމަގު ހުދެކެޑެ. ހަތަރުވަނަ ސެޓް ހޯދަޑު ޔަންގ
ޖެނެރޭޝަން ކާމިޔާބުކުރީ ފަންސަވީސް ފަނަރައިންނެވެ. މެޗްގެ ނަތީޖާ ނެރުމަށް ކުޅުނު
ފަސްވަނަ ސެޓް ދަޑިމަގު ހުދެކެޑެ ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ސޯޅަ
ސާދައިންނެވެ. ފުވައްމުލަކު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފްރީގައިޒް
ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައިވެސް ވާދަކުރަނީ ހަ ޓީމެވެ.