ކުޅިވަރު

ފައިނަލްގެ ފުރަތަމަ ޖާގަ ދަޑިމަގު ރަނިންނަށް


    ފިސްޑާ ބަލިކޮށް ދަޑިމަގު ރަނިން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި. ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފައިނަލުން ދަޑިމަގު ރަނިން ޖާގަ ހޯދީ މިއަދު
ސެމީފައިލް ފުރަތަމަ މެޗްގައި ފިސްޑާއާ ވާދަކޮށް ސީދާ ތިންސެޓުން މެޗް
ކާމިޔާބުކޮށްގެންނެވެ.

 މެޗްގެ ސެޓްތައް ދަޑިމަގު ރަނިން ހޯދީ ސައްބީސް ސައުވީސް،
ފަންސަވީސް ވިހި އަދި ފަންސަވީސް އެކާވީހުންނެވެ. މެޗްގެ މޮޅު ކުުޅުންތެރިއަކަށް
ހޮވުނީ ދަޑިމަގު ރަނިން ޓީމްގެ އިންޑިއާގެ ކުޅުންތެރިޔާ ތިޖީ ރާޖެވެ. މިމެޗުން
ބަލިވި ނަމަވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ފިސްޑާއަށް އަދިވެސް އެބައޮތެެވެ.

 ސެމީފައިނަލް ތިންވަނަ މެޗްގައި ފިސްޑާ ވާދަކުރަން ޖެހޭނީ ސެމީފައިނަލް ދެވަނަ
މެޗްގައި މިސްކިތްމަގާ ފުނާޑު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.