 
										
			މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ  މާފަންނު ފިޔާތޮށި ގޯޅީގައިކަށެވެ. އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:05 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުޤީގުކުރަމުންނެވެ.