ތަޢުލީމު

ޖޭ.ޑީ.އެސްއިން ރާއްޖެއަށް މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕް


ޖަޕަނީސް ގްރާންޓް އެއިޑް، ޖޭ.ޑީ.އެސްއިން ރާއްޖެއަށް ހުޅުވާލި މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 17 ޖެނުއަރީ 2021 އެވެ. މިއެޕްލިކޭޝަން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 13:30 އާހަމައަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބަލައިގަންނާނެ ކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެޕްލިކޭޝަން ހުށަހަޅަންވާނީ ޖޭ.ޑީ.އެސް ވެބްސައިޓުގައި ބުނެފައިވާ ތަކެތި ހަމަކުރުމަށްފަހު ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިސްކޮލަރޝިޕްތަކަށް އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތާއި ކޯސްތަކާބެހޭ އިތުރު މަޢުލޫމާތު ޖޭ.ޑީ.އެސް ސްކޮލަރޝިޕް ވެބްސައިޓް
https://jds-scholarship.org/country/maldives/apply.html ލިބެންހުންނާނެކަމަށެވެ.

މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޖޭ.ޑީ.އެސްއިން ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވިއެވެ.