ކުޅިވަރު

ފުލަމް މޮޅުވެ ރެލިގޭޝަނާ ދުރަށް


އިނގިރޭސި ލީގުގައި ރޭ ފުލަމް މޮޅުވެ ރެލިގޭޝަނާ ދުރަށްޖެހިލައިފިއެވެ.

ރަށުން ބޭރުގައި ލެސްޓަރ ސިޓީއާ ވަދާކޮށް ފުލަމް މެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގެ 8 މިނިޓުގެ ތެރޭގައި ފުލަމްއިން ދެލަނޑު ޖެހިއިރު ލެސްޓަ ސިޓީން ލަނޑު ޖެހީ މެޗުގެ ދެވަނަ ހާފްގައިއެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަހާފްގެ 30 ވަނަ މިނެޓުގައި ފުލަމް އަށް ކާމިޔަބުކޮށްދިނީ އަޑެމޯލާ ލޫކްމޭންއެވެ. މެޗުގެ 38 ވަނަމިނިޓުގައި ލިބުނު ޕެނެލްޓީއަކުން ފުލަމްގެ އިވާން ކަވަލިއެރޯ ލީޑް އިތުރަށް ފުޅާކޮށްދިނެވެ.

މެޗުގެ ލެސްޓަ ސިޓީ ލަނޑު ޖެހީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ހާވިޔޭ ބާންސްއެވެ. އެންމެފަހުން ލީގުގެ ކުޅުނު 10 މެޗުގައި ބާންސް ވަނީ ހަތަރު ލަނޑުޖެހުމުގައި ހިއްސާވެފައެވެ. ރޭގައި ފުލަމް އިން ލިބުނު ޕެނެލްޓީން ލީޑް ފުޅާކުރިއިރު އެޓީމުން އެންމެފަހުން ލީގުގައި ޖެހި 8 ޕެނެލްޓީ ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިއީ 2013 ވަނަ އަހަރުފަހުން ފުލަމްއިން ލީގުގައި ގަދަ ހަތަރެއްގެ ތެރޭގައި އޮތް ޓީމެއްގެ އަތުން މޮޅެއް ހޯދި ފުރަތަމަ ފަހަރުއެވެ. ލީގުގައި އެންމެފަހުން އަމިއްލަދަނޑުގައި ކުޅުނު ތިންމެޗުން ލެސްޓަރ ސިޓީ ވަނީ ބަލިވެފައެވެ. އެންމެފަހުން ލީގުގައި މިދެޓީމު ވާދަކުރި 7 މެޗުގެ ތެރެއިން ފުލަމް ބަލިވެފަ ވަނީ އެންމެ މެޗަކުންނެވެ.

މިއީ 2014 ވަނައަހަރު ފަހުން ލެސްޓާ ސިޓީން ރެލިގޭޝަން ޒޯނުގައި އޮތް ޓީމެއްގެ އަތުން ބަލިވި ފުރަތަމަ ފަހަރުއެވެ. މިއީ ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ކޯޗަކަށް ހުރެ ޓީމެއްގެ އަތުން ފުލަމް މޮޅުވި ފުރަތަމަފަހަރުއެވެ. މި މޮޅާއެކު ފުލަމް ވަނީ 7 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނާ އެއްޕޮއިންޓް ފެޔައަށް ޖެހިލާފައެވެ. ލެސްޓަރ ސިޓީ ހަތަރުވަނައިގަ އޮތީ 18 ޕޮއިންޓާއެކުއެވެ.