ފްރާންސް ލީގުގައި މިރޭ މޯނާކޯއާ ދެކޮޅަށް ނުކުންނައިރު އަބަދުވެސް ލީގުގައި އެންމެ އުނދޫމެޗަކީ މިއީކަމަށް ފްރާންސްގެ ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
މެޗުގެ ކުރިން ވާހަދައްކަމުން ޓުޗެލް ބުނީ އަބަދުވެސް މޮނާކޯ މެޗަކީ ލީގުގައި އުނދަގޫތަކެއް އެޓީމަށް ދިމާވާ މެޗެއްކަމަށާއި އެހެންކަމަން މިރޭގެ މެޗުވެސް ފައްސޭހަނުވާނެ ކަމަށެވެ. އޭނާ ބުނީ ހަމައެކަނި މިމެޗާމެދު ވިސްނެން ނެތްކަމަށާއި މިހަފްތާގައި ޗެމްޕިއަންސް ލީގުގައި ލީޕްޒިގް މެޗާމެދު ވިސްނަން ޖެހިފެވާކަމަށް ޓުޗެލް ބުންޏެވެ. ޓުޗެލް ބުނީ މިވަގުތައް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ތިބި އެމްބާޕޭ އާއި ނޭމާއާ ދެކުޅުންތެރިން އެނބުރި އައުންކަމަށެވެ. ޓުޗެލް ބުނީ މިމެޗުގައި މިހާރު ސްކޮޑުގައި ފިޓުކޮށް ތިބި ކުޅުންތެރިން ބޭނުންކުރާނެ ކަމަށާއި ކުޅުންތެރިން ބޭނުންކުރުމުގައި މިވަގުތު ވަރަށް ސަމާލުވާން ޖެހިފަވާކަމަށެވެ.
އަންގާރަދުވަހުގެރޭ މެޗުގައި ލީޕްޒިގާ ދެކޮޅަށް ވަރުގަދަ ޓީމެއް ނެގޭނެކަމަށާއި އެމެޗު ކާމިޔާބުކުރުން ޕީއެސްޖީއަށް ވަރަށް މުހިންމުކަމަށް ޓުޗެލް ބުންޏެވެ. މިމެޗުގެ ކުރިން ދިގު ދަތުރެއްކޮށްފައި ވޯލްޑްކޮލިފައިންގައި ވާދަކުރި ކުޅުންތެރިންނަށް އަރާމް ކުރަން ފުރުސަތު ދޭނެކަމަށް ޓުޗެލް ބުންޏެވެ. މެޗާ ކުރިމަތިލާއިރު ޕީއެސްޖީ ލީގުގެ އެއްވަނައިގައި އޮތީ 24 ޕޮއިންޓާއެކުގައެވެ. މޮނާކޯ އޮތީ 17 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައެވެ.