ވިޔަފާރި

އިންޝުއަރެންސްގެ މުހިއްމުކަން ބުނެދިނުމަށް އެލައިޑުން ވެބިނަރތަކެއް ބާއްވަނީ


އެލައިޑް އިންޝުއަރަންސްއިން އިންޝުއަރެންސްއާއި ބެހޭ ޙާއްސަ ސިލްސިލާ ވެބިނާތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އެލައިޑުން ބުނީ ދެމަސް ދުވަހަށް ބަހާލައިގެން ކުރިޔަށްގެންދާ މިވެބިނާ ސީރީޒްގައި 30 މިނިޓުގެ 8 ސެޝަން ހިމެނޭނެކަމަށެވެ. ކޮންމެ ސެޝަނެއް ވެސް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ވަކި މައުޟޫއަކަށެވެ. އެގޮތުން މިވެބިނާ ސީރީޒް އަލިއަޅުވާލާނެ މައުލޫތަކުގެ ތެރޭގައި ކޮވިޑް-19 ގައި އިންޝުއަރަންސްގެ ދައުރާއި، ޕެންޑެމިކެއްގައި ލައިފް އިންޝުއަރަންސްގެ ރޯލާއި، ގޭބީސީތަކުން ފަޔަރ އިންޝުއަރަންސް ނެގުމުގެ މުހިންމުކަމުގެ އިތުރުން ކުއްލި ހާލަތުގައި އިންޝުއަރަންސްގެ ބޭނުން ހިމެނެއެވެ.

މި ވެބިނަރތަކުގައި ކުރިއާލާ ރަޖިސްޓްރީކޮށްގެން އާންމުންނަށްވެސް ބައިވެރިވެވޭނެކަމަށް އެލައިޑުން ބުނެއެވެ. މިސީރީޒްގެ ސެޝަންތަކުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެލައިޑުގެ އިންޝުއަރަންސް މާހިރުންނެވެ. މީގެ އިތުރުން ބައެއް ސެޝަންތަކުގައި މައުޟޫއާއި ގުޅޭ ގޮތުން އެހެނިހެން މަންދޫބުންނަށްވެސް ދައުވަތު ދިނުމަށް ހަމަޖެހިފައި ވާއިރު، އާންމުންގެ ފަރާތުން ޕެނަލިސްޓުންނާއި ސުވާލުކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ.

އެލައިޑުން ބުނީ މި ވެބިނަރ ސީރީޒްގެ ބޭނުމަކީ ކޯވިޑު ފަދަ ހާލަތެއްގައި ވެސް އިންޝުއަރަންސުން ލިބިދޭ މަންފާތަކާއި މައުލޫމާތު ހިއްސާކޮށް މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭނެ ލުއި ފަސޭހަތައް ކިޔާދިނުމެވެ.