ކުޅިވަރު

އާސެނަލް މޮޅުވެ ގުރޫޕްގެ އެއްވަނައަށް


ޔޫރަޕާ ލީގުގައި އާސަނެލް ކުޅުނު މެޗު ކާމިޔާބުކޮށް އެޓީމު ހިމެނޭ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މުބާރާތުގައި އާސެނަލްއިން ކުރި ހޯދީ އަޔަލެންޑް ޑަންޑަލްކް އެފްސީއާ ވާދަކޮށް 3-0 ލަނޑުންނެވެ. އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗު ފުރަތަމަ ހާފުގައި އާސެނަލްއިން ވަނީ ދެލަނޑުޖަހާފައެވެ. ފުރަތަމަހާފްގައި ފަހުވަގުތުކޮޅުގައި އާސެނަލް ދެލަނޑު ފެނިގެންދިޔައިރު މެޗު ފުރަތަމަ ލަނޑު އާސެނަލްއިން ކާމިޔާބުކުރީ 42ވަނަ މިނިޓުގައި އެޑީ ކެޓިއައެވެ. މި ލަނޑުޖެހިތާ 125 ސިކުންތު ފަހުން އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޯއީ ވިލްލޮކްއެވެ.

އާސެނަލްގެ ތިންވަނަލަނޑު ދެވަނަ ހާފްފަށައިގެން ފުރަތަމަ މިނިޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. ޕެޕޭ ވަނީ ޔޫރަޕާ ލީގުގައި އާސެނަލްއަށް ކުޅުނު އަށްމެޗުގައި ހަލަނޑު އެޓީމަށް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދީފައެވެ.

މުބާރާތުގައި މީގެކުރިން އާސެނަލްއިން އަޔަލެންޑްގެ ޓީމަކާ ދެކޮޅަށް ކުޅެފައެއް ނުވެއެވެ. ޑަންޑަލްކް ވަނީ މުބާރާތުގެ ފުރަތަމަ ދެމެޗުން ބަލިވެފައެވެ. ޔޫރަޕާ ލީގުގައި 10 އަހަރުގެ ތާރީހުގެ ތެރޭގައި ޑަންޑަލްކް ވެފަވަނީ މެޗެއްގެ ފައުލެއް ނުހޯދާ ނިންމާލި ފުރަތަމަ ޓީމަށެވެ. މި ގުރޫޕްގައި ރޭ މޯލްޑޭއިން ވަނީ ރެޕިޑްވިއެނާގަ މައްޗަށް 1-0 ލަނޑުން ކުރިހޯދާފައެވެ.

މި ނަތީޖާއެކު އާސެނަލްއަށް ދެ މެޗުން 6 ޕޮއިންޓާއެކު ގުރޫޕްގެ ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.