ފްލައިޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.މިއަދު ހެނދުނުގެ ވަގުތެއްގައި އދ. ވިލަމެންދޫ ރިޒޯޓަށް ފްލައިޓެއްގެ ބައެއްކަމަށް ބެލެވޭ އެއްޗެއް ލައްގާފައިވާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެރިޒޯޓަށް ގޮސް އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.މި މައްސަލަ ފުލުހުން މިހާރު ބަލަންފަށާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.