އެމްއެމްއޭ އިން އަންނަ މަހުގެ 5 ދުވަހު ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ
އައު ނޫޓް ސީރީޒް ގެ ފައިސާ ތަޢާރަފްކުރުމަށްފަހު މިހާރު ގެންގުޅޭ ފައިސާ 2016 އަހަަރުގެ މެއި މަހުގެ ފަހުން
ވިޔަފާރި މުޢާމަލާތުގެ ގޮތުގައި ބޭނުން ނުކުރާނެކަމަށް އެމްއެމްއޭ އިން
ހާމަކޮށްފި އެވެ.
ޓީވީ އެމްގެ ، ރޭގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން
އެމްއެމްއޭގެ މެނޭޖަރ އައިމިނަތު ޝަހީދާ ވިދާޅުވީ ، މިއަހަރުގެ ޑިސެމްބަރ މަހު
އައު ފައިސާ ބޭނުން ކުރަން ފެށުމުން ވިޔަފާރި މުޢާމަލާތުގެ ގޮތުގައި މިހާރު
ބޭނުންކުރާ ފައިސާ އާއި އައު ފައިސާވެސް މިއަހަރުގެ ޑިސެމްބަރު މަހާއި އަންނަ އަހަރުގެ މެއި މަހާއި ދެމެދު
ދައުރުވަމުންދާނެކަމަށެވެ. އެހެން
ނަމަވެސް މެއި 2016 އިން ފެށިގެން މިހާރު ބޭނުންކުރާ ނޫޓްތައް ވިޔަފާރި މުޢާމަލާތުގެ
ގޮތުގައި ބޭނުންކުރަމުން ނުދާނެކަމަށް ޝަހީދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއަށް
ފަހު ދެން ބޭންކް ތަކާއި އެމްއެމްއޭއިން ފައިސާ އަށް ބަދަލު ދިނުމުގެ މަސައްކަތް
ކުރިއަށް ދާނެކަމަށެވެ. އެގޮތުން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ފައިސާ
އަށް ބަދަލުދިނުމުގެ މަސައްކަތް ފަސްއަހަރުވަން ދެން ކުރިއަށް ގެންދިއުމަށް
އެމްއެމްއޭ އިން ވަނީ ނިންމާފައި.
މިއަންނަ މަހު ތައާރަފްކޮށް ޑިސެމްބަރ މަހު ނެރުމަށް
ހަމަޖެހިފައިވާ އައު ނޯޓް ސީރީޒްގައި ހިމެނޭ ހުރިހާ ނޫޓެއްގައި މިހާރަށްވުރެ
ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް ހުންނާނެކަމަށް އެމްއެމްއޭ އިން
މައުލޫމާތުދެއެވެ. މީގެ އިތުރުން މިހާރު އަލަށް ނެރޭ ނޫޓްގައި ލޮލުގެ ފެނުމަށް
ދަތިތަކާއި ކުރިމަތިވެފައިވާ ، ފަރާތްތަކަށް ޚާއްޞަ ފީޗަރ އެއްވެސް ނޫޓްތަކުގައި
ހިމެނިގެންދެއެވެ. އެގޮތުން ކޮންމެ ނޫޓެއްގައި އަތްލުމުން އުފުލިފައި ހުންނަ
ކަހަލަ އިހްސާސެއް ކުރެވޭ ފިޗަަރ ހުންނާނެކަމަށްވެސް ޝަހީދާ ވިދާޅުވިއެވެ.
އައު ނޫޓް ސީރީޒް ނިކުންނައިރު ފަސް ރުފިޔާގެ ބަދަލުގައި
ބޭނުންކުރަމުންދާނީ ފައިސާ ފޮއްޗެކެވެ. އަދި މުޅިން އަލަށް ނެރޭ އެއްހާސް ރުފިޔާގެ
ނޫޓެއްގެ އިތުރުން 10 ރުފިޔާ، 20 ރުފިޔާ ، 50 ރުފިޔާ އަދި 100 ރުފިޔާ އަދި 500
ރުފިޔާ ގެ އާ ނޫޓް ތަޢާރަފް ކުރެވިގެންދާނެ އެވެ.