ކުޅިވަރު

މިދިޔަ ސީޒަނުގެ ނަތީޖާއިން ފިލާވަޅު ލިބިގަންނަން ޖެހޭ: ލަމްޕާޑް


މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ނަތީޖާއިން ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.

މިރޭ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ސެވިއްޔާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ޗެލްސީގެ ކޯޗު ލަމްޕާޑު ބުނީ ޗެމްޕިއަންސް ލީގަކީ ގިނަކަންކަން ދަސްކުރުމަށް އޭޓިމުގެ ޒުވާން ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް ކަމަށާއި އެއީ ޗެމްޕިއަންސް ލީގުގައި ވާދަކުރާނީ ޔޫރަޕުގެ އެންމެ މަތީ ލެވަލްގެ ޓީމުތައް ކަމަށެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރަތުން ޓީމުގެ ފެންވަރު ވަޒަންކޮށްއްލެވޭނެ ކަމަށާއި މިދިޔަ ސީޒަންގައި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރެވިފަވާނެ ކަމަށް ލަމްޕާޑު ބުންޏެވެ. ސެވިއްޔާއާ ވާދަކުރުމަކީ މުޅިން ތަފާތު ޗެލެންޖެއް ކަމަށާއި އެޓީމުން މެޗުތަކުގައި މެނޭޖްކުރަން ދަސްކުރަން ޖެހޭކަމަށް ކުޅުންތެރިޔެއްގެ ގޮތުގައި ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ލަމްޕާޑު ބުންޏެވެ.

ލަމްޕާޑު ބުނީ ސެވިއްޔާ ދެކޮޅަށް ނުކުންނައިރު އެންމެ މުހިންމު ކަމަކީ ސަމާލުކަން ގެއްލުވާނުލާ ވިސްނުންތެރިކަމާއެކު އެއް އަމާޒަކަށް މެޗު ނިމެންދެން މަސައްކަތްކުރުން ކަމަށެވެ. ޒުވާން ކުޅުންތެރިންނާއެކު މިހާތަނަށް ވަރަށް ގިނަ ކަންކަން ދަސްކުރެވިއްޖެކަމަށާއި މިހާރު މަސައްކަތް ކުރަމުންދަނީ ގޭމް މެނޭޖްކުރުމަށް ކުޅުންތެރިންނަށް ދަސްކޮށްދިނުމުގެ ބައިކަމަށް ލަމްޕާޑު ބުންޏެވެ.

މިއީ މި ދެ ޓީމު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ