ޖަރުމަނު ލީގުގައި އެފްސީ ކްލޯން އާއި އެންޓްރެޗް ފްރެންކްފާޓް ވާދަކުރި މެޗު އެއްވަރުވެ ލީގުގެ ހަތަރު ވަނައަށް ފްރޭންކްފާޓް ޖެހިލައިފިއެވެ.
ފްރޭންކްފާޓް އާއި ކްލޯން ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ފްރޭންކްފާޓުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތު ތެރޭގައި ލިބުނު ޕެނަލްޓީއަކުން އަންދްރޭ ސިލްވާއެވެ. ކްލޯން އިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނެޓުގައި އޮންރެޖް ޑޫޑާ ކާމިޔާބުކުރި ލަނޑުންނެވެ.
ލީގުގައި ޝާލްކާ އިން ވަނީ ޔޫނިއަން ބާލިންއާ ވާދަކޮށް ސީޒަންގެ ފުރަތަމަ ޕޮއިންޓް ހޯދާފައެވެ. ޔޫނިއަން ބާލިންއާ އާ ޝާލްކޭ ވާދަކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިމެޗުގައި ފުރަތަމަ ކުރި ހޯދީ ޔޫނިއަން ބާލިންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާވިން ފެޑްރިޗްއެވެ. ޝާލްކާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ގޮންސާލޯ ފެސިންސިޔާ 69 ވަނަ މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
މިނަތީޖާއެކު ޝާލްކާ ވަނީ ސީޒަންގައި ހޯދި ފުރަތަމަ ޕޮއިންޓާއެކު 18 ޓީމް ވާދަކުރާ ލީގުގެ 17 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ފްރެންފާޓް އެއްވަރުވުމުން ސްޓުޓްގާޓް ފަހަތަށް ޖައްސަލާ 8 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. މި ލީގުގައި ޕޮއިންޓެއް ނުލިބި އޮތް ހަމައެކަނި ޓީމަކި މައިންޒްއެވެ.