ޚަބަރު

ކޯވިޑް-19 : މިއަދު 32 ޕޮޒިޓިވް ކޭސް، ރަނގަޅުވީ 67 މީހުން


އިތުރު 32 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 11210އަށް އަރައިފިއެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަދުވަހުގެ އިރުއޮއްސި 06:00އަށް ޕޮޒިޓިވްވެފައިވަނީ 27ދިވެހިންނާއި، 6 ބިދޭސީން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮސިޓިވްވި 21މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 9 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހުންނެވެ.

މީގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި، 5 ބިދޭސީންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1002 މީހުންނެވެ. އޭގެ ތެރެއިން 39 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. އަދި 348 މީހަކަށް ފަރުވާދެމުންދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަދުވަހުގެ އިރުއޮއްސި 06:00އަށް ބަލިން ރަނގަޅުވެފައިވަނީ 67 މީހުންނެވެ. މިއާއިއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 10164 އަރާފައެވެ.

އަތޮޅުތަކުގައި މިވަގުތު 20 ރަށެއްގައި ކޯވިޑް-19އަށް ޕޮޒިޓިވް 77 މީހުން އެބަތިއްބެވެ. އެއީ 69 ދިވެހިންނާއި 8 ބިދޭސީންނެވެ. އެއީ އަލާމާތްތައް ހުރެގެން ޓެސްޓުކުރިއިރު ޕޮޒިޓިވްވި 2މީހުންނާއި، ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި 2މީހުންނާއި، ކޮންޓެކްޓުންގެ ގޮތުގައި ޓެސްޓުކުރި 41މީހުންނާއި، ފުރަބަދުގައި ތިބި 32 މީހުންނެވެ.

އެޗްޕީއޭއިން މަޢުލޫމާތުދޭގޮތުގައި އަތޮޅުތަކުގެ އެއްވެސް ކޯވިޑް ފެސިލިޓީއެއްގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދޭ ކޯވިޑް ބަލިމީހަކު ނެތެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހިގެން މިހާތަނަށް 37 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 7 ބިދޭސީންނެވެ.