ބާސެލޯނާގެ ސްކޮޑާ މެދު ހިތްހަމަޖެހޭ ކަމަށް އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.
ބާސާގެ ޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޫމަން ބުނީ ބާސެލޯނާގައި މައްސަލަ އުޅޭ ދިމާތައް ފާހަގަކޮށް އެކަމަށް ހައްލެއް ހޯދުމަށް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވިއްޖެކަމަށާއި މިވަގުތައް ބަލާއިރު ކޮންމެވެސް ހައްލެއް ހޯދިފައިވާކަމަށެވެ.
އޭނާ ބުނީ މިވަގުތު ކުލަބަށް ދިމާވެފައިވާ މާލީ ހާލަތު ހުރިހާ އެންމެވެސް ގަބޫލްކުރަންޖެހޭ ކަމަށާއި އެވަގުތުގެ ހާލަތާ އެއްގޮތައް ހޭނެން ޖެހޭކަމަށެވެ. އެންމެފަހުން ސެވިއްޔާ ދެކޮޅަށް އެންމެ ބޭނުންވި ކުޅުން ނުދެއްކުނު ކަމުގައިވިޔަސް ކުރިން ދެ މެޗުގައި ބާސެލޯނާގެ ކުޅުން ރަނގަޅުކަމަށް ކޫމަން ވަނީ ފާހަގަކޮށްފައެވެ.
ކޫމަން ބުނީ އޭނާއަށް ޓީމު ބައްޓަންކުރަން ވަގުތު ބޭނުންވާ ކަމަށާއި ބާސާގައި އޭނާ ކުޅުވަން ބޭނުންވާ ސިސްޓަމަށް މިހާރު ކުޅުންތެރިން ހޭނެމުން އަންނަ ކަމަށެވެ. އަދި އިތުރަށްވެސް ރަނގަޅުކުރަންޖެހޭ ބައިވަރު ކަންތައްތައް ހުރިކަމަށް ބާސެލޯނާގެ ކޯޗު ބުންޏެވެ. ބާސެލޯނާ އިން މި ސީޒަންގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ.