ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މޫދުގައި ގެއަޅައިގެން ދިރިއުޅުމުގެ ކޮންސެޕްޓެއް މިހާރު ތައްޔާރުކޮށްފައިވާ ކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށައަޅުއްޥާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވަނީ މިނިސްޓަރ އަސްލަމް ދެކެވަޑައިގަންވާގޮތެއް ވިދާޅުވުމުގެ ފުރުޞަދު ދެއްވާފައެވެ.
އެބިލާގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ރާއްޖޭގައި އޮތް ބިމަކީ އެންމެ މަދު އެއްޗެއްގެ ގޮތުގައި މިހާރު ފާހަގަކުރެވެންފަށާފައިވާކަމަށެވެ. ރާއްޖޭގެ ބިމާ ގުޅޭގޮތުން ދިވެހިން ދެކޭގޮތްވެސް މިހާރު ބަދަލުވާންފަށާފައިވާކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ބިންތައް ތަރައްޤީވެފައި އޮތީ މާބޮޑު ތަސައްވުރެއް އޮވެގެން ނޫންކަމަށާއި އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި މީހުން ތޮއްޖެހި އަދި ބިމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުކުރެވި އެބަހުރިކަމަށެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ މޫދުގައި ކޮޓަރި އަޅައިގެން ދިރިއުޅޭ ވާހަކަ ދެއްކުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވިކަމަށާއި ނަމަވެސް އެމަނިކުފާނު އެކަން ނަގަނީ ވަރަށް ރަނގަޅު ވިސްނުމެއްގެ ގޮތުގައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މޫދުގައި ކޮޓަރި އަޅައިގެން ދިރިއުޅޭނެ މޮޑެލެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިހާރު ހަދާފައި އެބައޮތްކަމަށާއި، އެކޮންސެޕްޓް އަދި ފުރިހަމަވެފައި ނުވިނަމަވެސް އެއީ މިހާރު ހެދިފައިވާ މޮޑެލެއްކަމަށެވެ.
"ދެން އަޅުގަނޑުމެން މީތި ކޮންޕެއާކުރަން މިޖެހެނީ ބިން ހިއްކާފައި އެލިބޭ ޑްރައި ލޭންޑްގެ ވެލިއުއާ އަޅުގަނޑުމެން މިދެންނެވި ގޮތަށް އޯވަ ވޯޓާގައި ލިވް ކުރަން އެދާއަގާއި އަކަފޫޓަކަށް ދާއަގާއި މިދޭތީގެ ހުރި އަގުގެ ތަފާތުން އަޅުގަނޑުމެން މިނާފައި ކޮންގޮތަކަށްތޯ؟ އަޅުގަނޑުމެން ދާންވީ އޭގެ މިކްސްޗާއެއް އޮންނަންވީ ކިހިނެއްތޯ؟"މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މޫދުގައި ގެ އަޅައިގެން ދިރިއުޅުމަކީ ރާއްޖެފަދަ ބިމުގެ މައްސަލަ ކުރިމަތިވެފައިވާ ޤައުމަކަށް ކޮންމެވެސްވަރެއްގެ ހައްލަކަށް ވެގެންދާނެކަމަށެވެ.
ރާއްޖޭގެ ރަށްރަށުގެ ބިންހިއްކުމުގެ ބަދަލުގައި، ލޮނުގަނޑުމަތީގައި ގެދޮރު އަޅައި ދިރިއުޅޭ ބަޔަކަށް ވުމުގެ ވިސްނުން ގެންގުޅެން އެބަޖެހޭކަމުގައި މިނިސްޓަރ އަސްލަމް މިއަހަރުގެ ފެބުރުއަރީ މަހުވެސް މަޖިލީހުގައި ވިދާޅުވެފައިވެއެވެ.
ވިސްނާ ވިސްނާވެސް
ބިންމަދު ތަންތަނުން ބިންބޮޑުތަންތަނަށް މީހުންބަދަލުކޮށް އެކިސަރަހައްދުތައް ތަރައްޤީކުރުން ދުރުރާސްތާއަށް ބަލާއިރު މާރަނގަޅު ކަމަށް ފެންނަނީ. އޭރުން ބިންހިއްކަންދާ ޚަރަދުވެސް ކުރާކަށް ނުޖެހޭނެ. އަދި ލޮނުގަނޑުގައި ގެއަޅަންކުރަންޖެހޭ ބޮޑުޚަރަދު ކުރާކަށްވެސް ނުޖެހޭނެ. އެހެންނޫނީ ދެންފެންނާނީ އަނެއްކާވެސް ކޮންމެވެސް އޮޑިޓްރިޕޯރޓަކުން އާވާހަކަ ތަކެއްކަމަށް ލަފާކުރެވެނީ... މިއީލައްކަ ވާހަކަ
އިކްނީ
ސަޅި ހިޔާލެއް