ކުޅިވަރު

ޕީއެސްޖީއާ މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަ ގްރޫޕެއްގައި


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޕީއެސްޖީ އާއި މެންޗެސްޓަރ ޔުނައިޓެޑް ވަރުގަދަ ގުރޫޕެއްގައި ލައްވާލައިފިއެވެ.

ދެން މި ގުރޫޕްގައި ހިމެނެނީ މިދިޔަ ސީޒަނުގައި މުބާރާތުގެ ސެމީ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރި ލީޕްޒީގްގެ އިތުރުން ތުރުކީގެ ޗެމްޕިއަން ބަސަކްޝީރްއެވެ. މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލްވެސް ލައްވާލީ އުނދަގޫ ގުރޫޕެއްގައެވެ. ލިވަޕޫލްގެ އިތުރުން އެ ގުރޫޕްގައި ދެން ހިމެނެނީ ހޮލެންޑްގެ އަޔެކްސް އާއި އިޓަލީގެ އެޓްލާންޓާގެ އިތުރުން ޑެންމާކްގެ އެފްސީ މިޑްޓިލޭންޑްއެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ލައްވާލީ ޕޯތޯ އާއި އޮލިންޕިއާކޯސްގެ އިތުރުން ފްރާންސްގެ މާސޭއާ އެއް ގުރޫޕެއްގައެވެ. ޗެލްސީ ލައްވާލީ ނިސްބަތުން ފަސޭހަ ގުރޫޕެއްގައެވެ. މި ގުރޫޕްގައި ޗެލްސީގެ އިތުރުން ދެން ހިމެނެނީ މިދިޔަ ސީޒަންގެ ޔުރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ އާއި ރަޝިޔާގެ ރެސްނޯޑާގެ އިތުރުން ފްރާންސްގެ ރެނެސްއެވެ.

ރަޝިޔާގެ ޒެނިތު އާއި ޖަރުމަނުގެ ބުރޫޝިޔާ ޑޯޓްމަންޑާއި އިޓަލީގެ ލާޒިޔޯ އަދި ބުރޫޖް ލައްވާލީ އެއް ގުރޫޕެއްގައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ފަށާނީ މި މަހު 20 ވަނަ ދުވަހުއެވެ.