ކުޅިވަރު

ރެފްރީއަށް ފާޑު ކިޔުމުން ޕެލެގްރިނީ ހޫނު ފެނަށް


ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް ބެޓިސްގެ ކޯޗު ޕެލެގްރިނީ ރެފްރީއަށް ފާޑު ކިޔުމުން އެމައްސަލަ ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ބަލަން ފަށައިފިއެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަލަމުންދާ މައްސަލައިގައި ޕެލެގްރިނީގެ އިތުރުން އެ މެޗުގައި ކުޅުނު ބައެއް ކުޅުންތެރިންގެ މައްސަލަތައް ވެސް ދަނީ ބަލަމުންނެވެ. މެޑްރިޑު އަތުން 3-2 އިން ބަލިވި މެޗަށްފަހު ހިތްހަމަނުޖެހިފަ ހުރި ޕެލެގްރިނީ ބުނީ މެޗުގައި އޭނާގެ ޓީމަށް ރަތްކާޑު ދައްކާ އިދިކޮޅު ޓީމަށް ޕެނަލްޓީއެއްދީ އަދި ވީއޭއާރުވެސް އޮންނަނީ މެޑްރިޑާ އެއްކޮޅަކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ހޯދި 6 ޕޮއިންޓާއެކު ރެއާލް ބެޓިސް އޮތީ ތާވަލްގެ ތިން ވަނައިގައެވެ.