ލެސްޓާ ސިޓީ އާއި އެވަންޓަން ޕްރިމިއަރ ލީގު ތާވަލުގެ ކުރީގަ އޮތުމުން ހައިރާން ނުވާކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި.
ތިން މެޗުން އެ ދެޓީމާ އެއް އަދަދަކަށް ޕޮއިންޓް ހޯދުމަށްފަހު ކުލޮޕް ބުނީ މި ސީޒަނަށް އެވަޓަން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށާއި އެގޮތުން ޓްރާންސްފާ މާކެޓުގައި ރަނގަޅު ކުޅުންތެރިން އެޓީމުން ހޯދިކަމަށް. ލެސްޓާ ސިޓީއަކީ ކިހިނެއް ކޮންގޮތަކަށް ކުޅޭ ވަރުގަދަ ޓީމެއްކަން އެންމެނަށް ވެސް އެނގޭކަމަށް ކުލޮޕް ބުނި.
ރޭގެ މެޗުގައި ލިވަޕޫލް ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޑިއެގޯ ޖޮޓާ ގުޅޭގޮތުން ކުލޮޕް ބުނީ މީގެ ތިން ސީޒަނެއްގެ ކުރިންވެސް އޭނާ ޓީމަށް ގެންނަން ބޭނުންވިކަމަށާއި އޭނާ އަކީ އެންމެ ކުރީގައި ގުނާލެވޭނެ ފަދަ މޮޅު ކުޅުންތެރިއެއް ކަމަށް. އޭނާ ބުނީ މެޗުގައި ލިވަޕޫލުން ދެއްކީ މޮޅުކުޅެމެއް ކަމަށާއި ކުޅުމާމެދު ހިތްހަމަޖެހޭކަމަށް.