އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދަން ބޭނުންކަމުގައި ވާނަ 90 ވުރެ ގިނަ ޕޮއިންޓް ހޯދަން ޖެހޭކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.
ގާޑިޔޯލާ ބުނީ ފަހަރުގައި އޭނާ ވިސުނުން ގޯސްވެސް ވެދާނެކަމަށާއި އާނޭއާށް ގަބޫލުކުރެވޭގޮތުގައި ލީގު ޗެމްޕިއަންކަން ހޯދޭނީ މަދު ވެގެން 90 އަށް ވުރެ ގިނަޕޮއިންޓް ލިބިގެންކަމަށެވެ. އެނާ ބުނީ ލީގު ނުހޯދުނުނަސް ކުލަބުގެ ޗެއާމަށް އޭނާ ޖަލަށް ނުލާނެކަމަށާއި ލީގުން ހޯދުން އެއީ އޮތް ޕްރެޝަރެއް ނޫންކަމަށެވެ. ޕްރެޝަރަކީ ރަނގަޅު ގޮތުގައި ޒިންމާއަދާކުރުން ކަމަށާއި ކާމިޔާބު ނުހޯދިގެން ކުލަބުން ވަކިކުރުމަކީ އަދި ޕްރެޝަރެއް ނޫންކަމަށް ގާޑިޔޯލާ ބުންޏެވެ.
މިހާރު އިނގިރޭސިވިލާތުގައި ކުރަމުން މިދަނީ ތަފާތު ތަޖުރިބާތަކެއް ކަމަށާއި އެހީތެރިވެދޭ ހުރިހާ އެންމެންނަށް ޝުކުރުއަދާ ކުރާކަމަށް ކުރިން ޖަރުމަނުގައި އާއި ސްޕެއިންގައި މަސައްކަތް ކުރި ކޯޗު ގާޑިއޯލާ ބުންޏެވެ. އޭނާ އަދާކުރަނީ އޭނާއާ ހަވާލުވެފަ އޮންނަ ވަޒީފާކަމަށާއި އިތުރު އެއްވެސް ޕްރެޝަރެއް އޭނާ ކުރިމަތި ނުވާކަމަށް ގާޑިޔޯލާ ބުންޏެވެ. ޕްރެޝަރަށް ދަނީ އަމިއްލަށް ކުރެވޭ ކަންތައްތަކުން ކަމަށާއި ކާމިޔާބާ ހަމަޔަށް ނުދެވުމުން އަބަދުވެސް ކަންބޮޑުވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ބުންޏެވެ.
ޗެމްޕިއަންސް ލީގު ފުޓްބޯޅަ މޖުބާރާތުން ހުސްވި ސީޒަންގައި ގަދަ އަށަކުން ވަކިވާން ޖެހުމުން ދެރަވިކަމަށާއި އެކަމަކުއެއީ ފުޓްބޯޅައިގަ އޮންނަ ކަމެއްކަމަށް އަބަދުވެސް ގަބޫލްކުރަން ޖެހޭކަމަށް ކުރިން ސްޕެއިންގެ ބާސެލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ. މި ސީޒަންގައި ހަމައެކަނި ގޮންޖެހުން އޮތީ ލިވަޕޫލަށް އެކަނި ނޫންކަމަށާއި ލީގުގައި ވާދަކުރާ ޓީމުތައް ވަރުގަދަވުމުން ގަދަ ހަޔަކާ ހަމައަށް ދިއުންވެސް މިސީޒަންގައި އުނދުގޫވާނެ ކަމަށް ގާޑިޔޯލާ ބުންޏެވެ.
ޕްރިމިއަރ ލީގުގައި މިރޭ ލެސްޓަރ ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ގާޑިޔޯލާ ބުނީ ލެސްޓަރ ސިޓީއާކީ ހުސްވި ސީޒަނުގައި ވެސް ގަދަ ހަތަރަކަށް އެންމެ ފަހުވަގުތާ ހަމަޔަށް ވާދަކުރި ޓީމެއް ކަމަށާއި އެކަން ހަނދާން ނައްތައިލާގެން ނުވާނަކަމަށެވެ. ލީގުގައި ކުޅުނު ފުރަތަމަ ދެމެޗު ލެސްޓަރ ސިޓީން ވަނީ ކާމިޔާބުކޮށްފައެވެ.