ކުޅިވަރު

ރަތް ކާޑުން މުޅި މެޗު ބަދަލުކޮށްލި: ލަމްޕާޑް


އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ލިވަޕޫލް އަތުން ބަލިވި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ ޗެލްސީއަށް ދެއްކި ރަތް ކާޑުގެ ސަބަބުންކަމަށް އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފިއެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފަހުކޮޅުގައި ޗެލްސީގެ އަންދްރެއަސް ކްރިސްޓިއަންސް ކުރި ފައުލާކާ ގުޅިގެން ވަނީ އޭނާއަށް ރަތް ކާޑު ދައްކާފައެވެ. ފައުލަށްފަހު ކުޅުންތެރިޔާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކި ނަމަވެސް ފަހުން ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު އޭނާގެ ނިންމުން ބަދަލުކޮށް ރަތް ކާޑު ދައްކާފައެވެ.

ލަމްޕާޑު ބުނީ ފުރަތަމަ ރީނދޫ ކާޑެއް ދެއްކުމަށްފަހު ދެން އެފައުލަށް ރަތްކާޑެއް ދެއްކުމުން ވަރަށް ހައިރާންވިކަމަށެވެ. އޭނާ ބުނީ އެ ރަތް ކާޑަށްފަހު މެޗުގެ އޮއިވަރު އެކޮށްހެން ބަދުލުވެގެން ދިޔަކަމަށެވެ. މެޗުގެ ހާފް ޓައިމްގައި އިތުރަށް އެކަމާވިސްނަން ޖެހުނުކަމަށާއި ރަތް ކާޑަށް ފަހު ދެން ޗެލްސީއަށް މެޗުގައި އިތުރަށް ކުރިޔަށް ދިޔުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ލަމްޕާޑު ބުންޏެވެ.

ލީގު ކަޕުގައި މާދަމާރޭ ޗެލްސީ އަމިއްލަ ދަނޑުގައި ނުކުންނާނީ ޗެމްޕިއަންޝިޕްގެ ވާދަކުރާ ބާންސްލޭއާ ދެކޮޅަށެވެ.

ތެދުރޯޅި

ކިހާ މަޖާ ދޯ