ކުޅިވަރު

މިއީ ޔުނައިޓެޑުގެ ފެންވަރެއް ނޫން: ސޯލްޝެއާ


އިނގިރޭސި ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެޗުގައި ދެއްކީ ފެންވަރުދަށް ކުޅުމެއް ކަމަށާއި އެއީ ޔުނައިޓެޑުގެ ފެންވަރު ނޫންކަމަށް އެޓީމުގެ ކޯޗު އޮލެގަނަ ސޯލްޝެއާ ބުނެފިއެވެ.

ސޯލްޝެއާ ބުނީ މެޗުގައި ޔުނައިޓެޑުގެ ފަރާތުން މާގިނަ ރަނގަޅު ކަންތައްތަކެއް ފާހަގަ ނުކުރެވުނުކަމަށާއި މެޗުތަކުގައި މިއަށްވުރެން ރަނގަޅު ކުޅުމެއް ކުޅުންތެރިން ދައްކަންޖެހޭކަމަށެވެ. އޭނާ ބުނީ މެޗުގައި ތިން ޕޮއިންޓް ހައްގުވާވަރުގެ ކުޅެމެއް ކްރިސްޓަލް ޕެލަސްގެ ފަރާތުން ފެނުނުކަމަށެވެ. މިދިޔަ ސީޒަން ތިންވަނައިގައި ނިންމާލި ކޯޗު ބުނީ މިއީ ކޮންމެ ކުޅުންތެރިޔަކު އަމިއްލައަށް ހެދުނު ގޯސްތައް ދެނެގަނެ ރަނގަޅު ކުރަން ލިބުނު ވަގުތުކަމަށާއި ކޮންމެ ކުޅުންތެރިޔަކުވެސް ލޯގަނޑުކުރި މައްޗަށް ހުއްޓި ކުޅުނު ކުޅުމާދެ ވިސްނާލުން މުހިންމުކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްރިސްޓަލް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން ބުނީ މެޗުގައި ޓީމުން ފަހަތުންނާއި ކުރިޔަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުކަމަށާއި މެންޗެސްޓަރ ޔުނައިޓެޑު ކޮޅަށް ތިން ލަނޑު ޖެހުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫންކަމަށެވެ. މިމެޗު ކްރިސްޓަލް ޕެލަސްއިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޕްލަސް އޮތީ ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.