ކުޅިވަރު

ބާސެލޯނާގެ އިންތިޚާބު އަންނަ މާރޗް މަހު


ސްޕެއިންގެ ބާސެލޯނާގެ އެތެރޭގެ އިންތިޚާބު އަންނަ މާރޗް މަހު ބާއްވަން އެކުލަބުން ރަސްމީކޮށް ނިންމައިފިއެވެ.

ބާސެލޯނާގެ އިންތިޚާބު އިޢުލާނުކުރީ ބޯޑް އޮފް ޑައިރެކްޓާސް ބޭއްވި ޖެނެރަލް އެސަންބްލީގައި. ނަމަވެސް އިންތިޚާބުގައި ވޯޓް ލާން ދާނެ މަރުކަޒުތައް އަދި ކަނޑައަޅާފައެއްނުވެއެވެ. މިހާލަތުގައި އިންތިޚާބުގެ އިންތިޒާމުތަކާ ގުޅޭގޮތުން ބާސެލޯނާއިން ބުނީ އިންތިޚާބުގައި ވޯޓްލާނެ ކުދި މަރުކަޒުތަކެއް ގާއިމު ކުރާނެކަމަށާ ސަބަބަކީ ވޯޓްލާން އަންނަ ކުލަބުގެ މެންބަރުން ދިގު ކިއުތަކުގައި ގިނައިރު މަޑުކޮށްގެން ތިބެން ޖެހިދާނެތީ ކަމަށެވެ.

ބާސެލޯނާގެ ރައީސްކަމަށް އަންނަން ރަސްމީކޮށް މިހާތަނަށް ކެމްޕެއިން ކުރަމުން އަންނަނީ މިހާރު ރައީސް ޖޯސެފް ބާޓޮމެއާ ވިކްޓަރ ފޮންޓުގެ އިތުރުން އިތުރުން ޖޯޑީއެވެ. އިންތިޚާބުގައި ދެން ވާދަކުރާނީ ޔޮއާން ލަޕޯޓާ، ކުރީގެ ނައިބު ރައީސް އެމެލީ ރޮސާޑާއި އޮގަސްޓީ ބެނެޑީޓޯއެވެ.

ބާސެލޯނާގެ އިންތިޚާބު ބާއްވަން އިޢުލާންކުރި ޖެނެރަލް އެސެންބްލީގައި ވަނީ އަންނަ މަހު 25ގައި އޮންނަ އެލް-ކްލެސިކޯ މެޗު އެހެން ތާރީޚާކަށް ތާވަލުކުރުމަށް ގޮވާލާފައެވެ. ކޯވިޑް-19ގެ އެމެޗު ކުޅެފިކަމަށްވާނަމަ އެކަމުގެ ނޭދެވޭ އަސަރު ދެ ޓީމަށް ވެސް ކުރާނެ ކަމަށް ބާސެލޯނާގެ ޑިރެކްޓަރުން ބޯޑުން ބުނެއެވެ.

މި އިންތިޚާބުގައި ބާސެލޯނާގެ މިހާރު ރައީސް ޖޯސެފް ބާޓޮމެއުއަށް ބޮޑު ނާކާމިޔާބާ ކުރިމަތިލާން ޖެހޭނެކަމަށް ބުނާއިރު ކުލަބު ހިންގުމުގައި އޭނާ ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން ކުރީގެ ކުޅުންތެރިންނާ މިހާރު ކުޅުންތެރިނާ ސަޕޯޓަރުން އަންނަނީ ބާސެލޯނާގެ މެނޭޖްމަންޓް އިސްތިޢުފާ ދޭން ގޮވާލަމުންނެވެ. މި އިންތިޚާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް ޔޮއާން ލަޕޯޓާއާ ވިކްޓަރ ފޮންޓުގެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.