ފައިބަރ ކަނެކްޝަނާއި ރައުޓަރ ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ދިރާގުން ބުނީ މިއީ ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް އަލަށް ހޯދާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި ޕްރޮމޯޝަންއެއްކަމަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި އުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ހިލޭ ރައުޓަރ ވެސް ލިބިގެންދާނެއެވެ. އަދި ދިރާގު ފައިބަރ ކޭބަލެއް ނެތް އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން ކަނެކްޝަން ފީ އިން 50 އިންސައްތަ ޑިސްކައުންޓް އަދި ރައުޓަރ ހިލޭ ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓްގެ ނިޔަލަށެވެ.
ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކްކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނެއެވެ.