މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑޮލްގެ ޓީމް މުމްބާއީގައި


މޯލްޑިވިއަން އައިޑޮލް އަށް ތައްޔާރުވުމަށްޓަކައި މިވަގުތު އިންޑިޔާގެ މުމްބާއީ ގައި ޙަރަކާތްތެރިވާ ޕަބްލިކް ސަރވިސް މީޑިއާގެ ޕްރޮޑަކްޝަން ޓީމް ، އިންޑިއަން އައިޑޮލް ޖޫނިއަރ ޝޯވްގެ ޑިރެކްޓަރުންނާއި ބައްދަލުކޮށްފިއެވެ. "މޯލްޑިވިއަން އައިޑޮލް" ރާއްޖޭގައި ހޯސްޓްކުރުމުގެ ރައިޓްސް ޕީ.އެސް.އެމްއަށް ލިބިފައިވާއިރު، ޝޯވގެ ބްރޭންޑް ލައިސަންސް ދޫކުރާ ފަރާތްކަމަށްވާ ފްރެމެންޓަލް މީޑިއާގެ ފަރާތުން އެކުންފުނީގެ ވައިސް ޕްރެޒިޑެންޓް، ރޮން ކްރެސްޓޯ ވެސް މި ޓީމާއެކު މުމްބާއީގައި ޙަރަކާތްތެރިވެއެވެ. މޯލްޑިވިއަން އައިޑޮލްއަކީ ރާއްޖޭގެ ޓީވީ ޗެނަލަކުން ފުރަތަމަ ފަހަރަށް ފްރެންޗައިޒް އުސޫލުން  ގެނެސްދިނުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޓީވީ ޝޯވްއެވެ. މި ޝޯވް އަށް ތައްޔާރުވުމުގެ ގޮތުން ، ޕަބްލިކް ސަރވިސް މިޑިއާގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާ ނުވަ މެމްބަރުންގެ ޓީމެއް މިހާރު ދަނީ އިންޑިއާގެ މުމްބާއީގައި  ހަރަކާތްތެރިވަމުންނެވެ. އަމަލީ ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރަމުންދާ ޓީމުން މިއަދު ވަނީ އިންޑިއަން އައިޑޮލް ޖޫނިއަރ ޝޯވް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ހޯދާ މި ޝޯވްގެ ކްރިއޭޓިވް ޑިރެކްޓަރ ސަތިޝް ދަތް އާއި ބައްދަލުކޮށްފައެވެ. މީގެ އިތުރުން އިންޑިއަން އައިޑޮލް ޖުނިއަރ ގެ ރިހާސަލް ޝޯވް އެއް ކުރިއަށް ދާ ގޮތްވެސް ބަލާލާފައެވެ.ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ޝޯއަށް މޯލްޑިވިއަން އައިޑަލް ވެގެން ދާއިރު ޕީއެސްއެމްގެ ފަރާތުން މިހާރު ވަނީ މިޝޯގައި ބައިވެރިވާން ބޭނުން ވާ ފަރާތްތަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.މި މުބާރާތުގައި އުމުރުން ސޯޅަ އަހަރާއި ތިރީސް އަހަރާއި ދެމެދުގެ ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހު އޮޑިޝަންތައް ފެށުމަށް ހަމަޖެހިފައިވާ މި ޝޯވް ގެ އޮޑިޝަން ކުރިއަށް ދާއިރު އޮޑިޝަން ކުރިއަށް ދާ ތަންތަނަށް އައިސް ޝޯވގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ޕީއެސްއެމުން މަޢުލޫމާތު ދެއެވެ.ޕީއެސްއެމުން މައުލޫމާތު ދިންގޮތުގައި މި ޝޯވއަކީ ޝޯވް ގެ ބައިވެރިންނާއި ، ޝޯވް ގެނެސްދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެ ޝޯވް އަކަށް ހެދުމަށް ޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މި ޝޯވް ވެގެންދާނީ ވިޔަފާރިވެރިންނަށްވެސް ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއާއި  ރޭޑިއޯއާއި އޮންލައިނާއި މެގަޒިންގައި އިސްތިހާރު ކުރުމަށްވެސް ލިބެމުންދާ ރަނުގެ ފުރުޞަތެއްގެ ގޮތުގައި ޕަބްލިކް ސަރވިސް މީޑިއާ އިން ފާހަގަކުރެއެވެ.މި މުބާރާތުގެ އޮޑިޝަން ފެށުމަށް މަދު ދުވަސްތަކަކަށް ވެފައިވާއިރު ވޮލަންޓިއަރ ކޮށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް މިހާރު ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ.