 
										
			ބޮޑުފިނޮޅުން މުރުޝިދު އަަބްދުލް ހަކީމް
ބޮޑުފިނޮޅު ވާހަކައިން މުޅިރާއްޖެ ސިއްސުވާލީ އެތަނުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ދިވެހިންގެ ބަޔަކު ރަހީނުކުރި ޚަބަރާއި އެކުގައެވެ. އެތައްޒަމާނެއް ވެފައިވާ ބިދޭސީންނާއި ގުޅޭ މައްސަލަތަކުގެ ތެރެއިން ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން ހިންގި ނުރައްކާތެރި އަމަލުތަކުގެ ސަބަބުން ސަލާމަތީ ޚިދުމަތްތަކުންވެސް ހިންގަންޖެހުނީ ބޮޑު އޮޕަރޭޝަނެކެވެ. ފުރަތަމަ ދިޔަ ފުލުހުންނާއި ކުރިމަތިލައި ބިދޭސީން ހަމަލާދިން ނަމަވެސް، ރަހީނުކުރި 12 ދިވެހިން ސަލާމަތްކޮށް، ހަމަ ނުޖެހުން ހިންގި ބިދޭސީން މިހާރުވަނީ ހައްޔަރުކޮށްފައެވެ.
މިހަމަނުޖެހުންތައް ފެށިގެން ދިޔައީ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުލިބިގެން އުފެދުނު ހިތްހަމަނުޖެހުންތަކުގެ ތެރޭގައެވެ. މީގެ ކުރިންވެސް މުސާރަ ނުލިބިގެން ބޮޑު ފިނޮޅުގައި އެތަނުގެ މުވައްޒަފުން ވަނީ މުޒާހަރާކޮށްފައެވެ. އަދި ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދެވި އޮތް ކަމުގައި ބިދޭސީންނާއި ދިވެހިން ލައްވައި މަސައްކަތް ކުރުވަމުން އަންނަ ކުންފުނީގެ އިސްބޭފުޅުންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
		
 
										
			ބ.ތުޅާދޫ އާއި އެއް ފަޅެއްގެ ތެރޭގައި އޮންނަ ބޮޑުފިނޮޅުގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ތުޅާދޫއަށް ނިސްބަތްވާ މީހުންވެސް ތިއްބެވެ. އެމީހުންގެ ތެރޭގައި އުޅޭ ބައެއް މީހުނަކީ މަސައްކަތް ނިންމާފައި ތުޅާދޫއަށް އެނބުރި ގޮސް އަނެއް ދުވަހު މަސައްކަތައް އެރަަށަށް އެނބުރި އަންނަ މީހުނެވެ. 
މުސާރަ ނުލިބިގެން ބިދޭސީން އެމީހުންގެ ވެރިންނަށް ފްރެޝަރުކުރުމަށް ރަހީނުކުރި ދިވެހިންގެ ބައެއް މީހުންނާއި ވަނީ ވާހަކަ ދައްކާލެވިފައި އެވެ. އެމީހުންގެ ވާހަކައިން ސާފުވި އެއް ކަމަކީ މުސާރަ ނުދޭކަމަށް ބިދޭސީން އެ ބުނާ ވާހަކައަކީ ތެދުވާހަކައެއް ކަމެވެ. އަދި މުސާރަ ނުދެނީ ހަަމަ އެކަނި ބިދޭސީންނަށް ނޫން ކަމެވެ. ބިދޭސީންގެ ރަހީނުކުރި ދިވެހިންގެ ތެރެއިން ބައެއް މީހުން ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެސް އެމްނިއުސްއަށް ކިޔައިދިން ގޮތުގައި މި އަހަރުގެ ތެރޭގައި އެމީހުނަށް އަދި މުސާރައެއް ނުދެއެވެ.
 
ތުޅާދޫއަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހަކު ބުނީ އޭނާ ބޮޑުފިނޮޅުގައި މަސައްކަތްކުރާތާ ދޮޅުއަހަރު ދުވަސްވީއިރު އޭނައަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ބޮޑު އަދަދެއް ނުލިބި އޮތްކަމަށެވެ. އެތަނުގައި މަސައްކަތްކުރާ ބައެއް ދިވެހިންނަަށް މުސާރައިގެ ގޮތުގައި ކުންފުނިން ދޭން ޖެހޭ ފަައިސާގެ އަދަދު ޖުމްލަ ލައްކަ އަކަަށް އެބަ އަރައެވެ. މުސާރަ ނުލިބިފައި ތިބި ދުވަސްތަކުގެ ތެރޭގަައި މި ފާއިތުވި ރޯދަމަސްވެސް ހިމެނެ އެވެ. 
އެރަށުގައި މަސައްކަތްކުރާ ށ.މިލަންދޫ އަށް ނިސްބަތްވާ އުމުރުން ދުވަސްމީހަކު ވެސް ބުނީ މުސަރަ ނުލިބޭ ވާހަަކަ އެއީ ހަމަ ތެދެއް ކަމަށެވެ. 
		
 
										
			ދިވެހިންގެ ބައެއް މީހުންގެ ވާހަަކަތަކުން އެނގުނީ މުސާރަ ނުލިބިގެން ޝަކުވާ ކުރުމުން ދިއުމުން މުސާރަ ދޭނެ ކަމަށް ބުނެ އެކި ތާރީހްތައް ވެސް ބިދޭސީންނަަށް ވެރި ފަރާތުން ދިޔައީ ދެމުންވެ. 
ނަަމަވެސް މުސާރައަށް ޑިމާންޑްކޮށް އެރަށުގައި ހިންގާފައިވާ ޣައިރު ޤާނޫނީ އަމަލުގައި ދިވެހިންގެ އެކަކުވެސް ބައިވެރިނުވާ ކަމަށް އެމީހުން ބުންޏެވެ. 
 ވަޒީފާއާ ބެހޭ ޤާނޫނުގައި ވަޒީފާ ދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތައް އަދާކޮށް ދޭން ޖެހޭ އެންމެ ބޮޑު ހައްގަކީ ވަޒީފާގެ އެއްބަސްވުމާ އެއް ގޮތައް އުޖޫރަ ދިނުމެވެ. ބޮޑުފިނޮޅުގައި މަސައްކަތްކުރަމުންދިޔަ މީހުންގެ ފަރާތުން އެނގުނު ގޮތުގައި އެ ހައްގު އެމީހުނަށް އޮތީ ނުލިބި އެވެ.
		
 
										 
										 
										 
										 
										 
										
			މުވައްޒަފުންނަށް މުސާރަ ނުދިން މައްސަލައިގައި، ޑިވޮލޮޕަރ އާއި ކޮންޓްރެކްޓަރ ޒިންމާ އަޅުވަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައެވެ. ބިދޭސީ މުވައްޒަފުންނަށްވެސް މަހަކު 7000ރ ގެ އުޖޫރައެއް ދޭން ޖެހޭއިރު، ކުންފުނިން ކޮންމެ ބިދޭސީ މުވައްޒަފަކަށް ދޭންޖެހޭ މުސާރައިގެ އަދަދުވެސް 63000އަށް ވުރެ މަތިކަމުގައި އެނގިފައިވެއެވެ.
މުސާރައިގެ މަސައްލައިގައި ހިނގާ ދިޔަ މިހަމަނުޖެހުންތަކުގައި، ރިޒޯޓުގައި ހުރި މުދަލަށްވެސް ވަނީ ވަނީ ބޮޑެތި ގެެއްލުންތަކެއް ދީފައެވެ. ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގި ބިދޭސީން ހައްޔަރުކޮށް އެމީހުންގެ މައްސަލަތައް ފުލުހުން މިހާރު ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.
		
އެއްކަލަ ގޮލާ
ހަމަ ހައިރާންވޭ. ބަޔަކު އަޅުވެތިކޮށްގެން ގެންގުޅޭއިރުވެސް "ކުންފުނީގެ އިސްބޭފުޅުން" މިހެން ކިޔައި މުހާތަބު ކުރާތީ. ދަށު ދަރަޖައިގެ ބައެއް.