ވިޔަފާރި

އަންނަ އާދިއްތަ ދުވަހުން ފެށިގެން އެލައިޑްގެ އޮފީހުން ޙިދުމަތް ލިބޭނެ


އެލައިޑް އިންޝުއަރެންސްގެ އޮފީސް ހުޅުވައި މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ޙިދުމަތްދޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެލައިޑުން ބުނީ އެ ކުންފުނީގެ ހެޑްއޮފީހާއި ފްރަންޓް އޮފީސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވައި ޙިދުމަތް ލިބެންހުންނާނެކަމަށެވެ.

އެލައިޑްގެ އޮފީސް ހުޅުވާފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރުފަހު 2 އަކަށެވެ. އެލައިޑުން ބުނީ އޮފީސް ހުޅުވިނަމަވެސް އޮންލައިންކޮށް ޙިދުމަތް ހޯދުމަށް އެދޭކަމަށެވެ. އަދި ކޮންމެހެން ޙިދުމަތެއް ހޯދުމަށް އަންނަންޖެހިގެން މެނުވީ އޮފީހަށް ނައުމަށްވެސް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ކޯވިޑް-19އާ ގުޅިގެން 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އެލައިޑް އައްޑޫ ގޮފި ހުޅުވާފައިވަނީ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ. އެލައިޑު އައްޑޫ އޮފީހުންވެސް ޙިދުމަތްދެނީ ހެނދުނު 9:00 އިން ފެށިގެން މެނދުރު ފަހު 2:00 އަކާއި ހަމައަށެވެ.

ކޯވިޑް19 އާއި ގުޅިގެން އެލައިޑްގެ ޙިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް މާރޗް މަހުން ފެށިގެން އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ. އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ޚިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ މަގު އެ ކުންފުނިން ވަނީ ހޯދާދީފައެވެ.

އެލައިޑުގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.