ޚަބަރު

ކޯވިޑް-19 : ބަލިޖެހުނު މީހުންގެ ތެރެއިން އިތުރު 17 މީހުން ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެތެރެއިން 17 މީހުން ރަނގަޅުވެ، ރާޢްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމަލް އަދަދު 1944 އަށް އަރައިފިއެވެ.

މިއާއެކު ރާއްޖޭގައި މި ބައްޔަށް ފަރުވާދޭ މީހުންގެ އަދަދުވަނީ 403އަށް މަދުވެފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 115 ދުވަސްވެފައިވާއިރު ބަލިޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ މަދުވަމުންނެވެ.

މިބަލި ފެތުރުން ކޮންޓްރޯލް ކުރުމައްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ބޮޑަށް ޕޮޒިޓިވް ކޭސްތައް ފެނުނު މާލެ ސަރަހައްދު ފުރަބަންދުކުރުމަށްފަހު މިހާރުމިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އަދި މާދަމާއިންފެށިގެން އިތުރު ލުއިތަކެއްދޭންވަނީ ނިންމާފައެވެ.