ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލާޓް ނެރެފި


މިއަދު ހެނދުނު އައްގަޑި ތިރީހުން ފެށިގެން މެންދުރުފަހު އެއްގަޑި ތިރީހާ ދެމެދު ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާރޓް ނެރެފިއެވެ.މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ވިލާގަނޑުގައި ސާޅީސްފަސްމޭލަށް ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށްބަލާ އެކަމަށްވެސް ޚާއްޞަ ސަމާލުކަމެއްދެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާއެއްކަމަށާއި މި މިހަފްތާގެ ކުރިޔަށް އޮތް ދުވަސްތަކާ ހަމައަށްވެސް ވިއްސާރަ ދެމިގެންދާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.