ޚަބަރު

މަޖިލީހުން ޕޮޒިޓިވް ވި މީހާއާ ކްލޯސް ކޮންޓެކްޓްގެ ގޮތުގައި 11 މީހުން


ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ އިދާރާގެ 29 މުވައްޒަފަކު އެކަހެރިކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެއިދާރާގެ 29 މީހަކު އެމީހާއާ ކޮންޓެކްޓްވިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 11 މީހަކީ އެމީހާއާ ކްލޯސް ކޮންޓެކްޓުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާގެ މެއިންޓަނަންސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ ބުދަދުވަހުއެވެ. އެ މުވައްޒަފުގެ ކޮންޓެކްޓް ޓްރޭސިން އާއި ޑިކޮންޓެމިނޭޝަންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި މި ދެ ކަންތައް ނިމުނުހާ އަވަހަކަށް މަޖިލީހުގެ އިދާރާ އަލުން ހުޅުވާނެކަމަށް އެންއީއޯސީން ވަނީ ހާމަކުރައްވާފައެވެ.

މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ތަނުގައި މަސައްކަތް ފެށި އިރު ވެސް އެފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ބަލައި ދުރާލައި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ތައްޔިތުމީހާ

ޢަވަސް ޝިފާއަކަށް އެދެން