ވިޔަފާރި

ވިލާ ގޭހާއި މޯލްޑިވް ގޭހުން ޙިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި


ވިލާ ގޭސް އަދި މޯލްޑިވް ގޭހުން ޙިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

ވިލާގޭހުން ބުނީ އެ ކުންފުނިން މިހާރު ހިދުމަތް ދޭނީ ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރުފަހު 3:00 އިން ރޭގަނޑު 8:30 އަށެވެ. އަދި ހުސްފުޅި ގެންދިއުމުން ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ވިލާ ގޭހުން ޙިދުމަތް ލިބޭނެއެވެ.

މޯލްޑިވް ގޭހުން ވެސް ޚިދުމަތް ދޭ ވަގުތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މޯލްޑިވް ގޭހުން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި، ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ޙިދުމަތްދޭނެކަމަށެވެެ. އެގޮތުން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ޙިދުމަތް ދެނީ ހެނދުނު :9:00 އިން ހަވީރު 4:00 އަށް ކަމަށް މޯލްޑިވް ގޭހުން މަޢުލޫމާތުދެއެވެ. އަދި ހުކުރު ދުވަހު ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.

މޯލްޑިވް ގޭހުން ވަނީ އެ ކުންފުނިން ތިލަފުށީގައި ޙިދުމަތްދޭ ވަގުތުތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަކަށް ތިލަފުށީގައި ވިލާގޭހުގެ ޙިދުމަތް ލިބޭނެއެވެ.

ކޯވިޑް19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތްއޮތުމަށް ބައެއް ލުއިތައް ދިނުމާއެކު ވިޔަފާރިތަކުން ޙިދުމަތްދޭ ވަގުތުތަކަށްވެސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.