ޚަބަރު

ކޯވިޑް-19 : ދައުލަތުގެ އިސްވެރިންގެ މުސާރައިން ބައެއް އުނިކުރަން ކޮމިޓީން ފާސްކޮށްފި


ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން ބައެއް އުނިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މީގެ ކުރިންވެސް ރައީސްއާއި ނައިބު ރައީސް އަދި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ފާސްކޮށްފައިވެއެވެ. އެއީ ދުމަސްދުވަހުގެ މުއްދަތަކަށެވެ.

ނަމަވެސް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓިގެ ބައްދަލުވުމުގައި ވަނީ ޖުލައިމަހުގެ ނިޔަލަށް އެ ބޭފުޅުންގެ މުސާރައިން ބައެއް އުނިކުރުމަށެވެ.

މުސާރަ އުނިކުރަން ފާސްކުރި ނިސްބަތް

  • 20،001ރ - 30،000ރ %20
  • 30،001ރ - 60،000ރ %30
  • 60،001ރ އަށްވުރެ މަތި %35

މިގޮތަށް ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ރައީސުލްޖުމްހޫރއިްޔާއާއި އެމަނިކުފާނުގެ ނާއިބާއި، ރައްޔިތުންގެމަޖިލީހުގެ މެންބަރުންނާއި، މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންގެ މުސާރައިން ބައެއް އުނިކުރަން ނިންމަވާފައިވާއިރު، މިނިސްޓަރުންގެ ނާއިބާއި، އެފެންވަރުގެ މަޤާމްތަކުން ފެށިގެން މަތީ މަޤާމްތަކުގައެ ތެރެއިން، އަސާސީ މުސާރަ 20،000 ރުފިޔާއަށް ވުރެ ދަށްވި ނަމަވެސް، އެ މަޤާމުތަކުގެ އަސާސީ މުސާރައިން %20 އުނިކުރުމަށް ވަނީ ނިންމާފައެވެ.

މިނިސްޓަރުންގެ ނާއިބާއި އެފެންވަރުގެ މަޤާމުތަކުން ފެށިގެން މަތީގެ މަޤާމުތަކުގެ ތެރެއިން، އަސާސީ މުސާރަ 20،000 ރުފިޔާއަށްވުރެ މަތި ސިޔާސީ މަޤާމްތަކުގެ މުސާރަ އާއި ޢިނާޔަތް (ޓޭކް ހޯމްޕޭ) ވެސް ވަނީ ސީލިނގެއް ކަނޑައަޅާފައެވެ.

އޭގެ ތަފްސީލް

  • 10،000ރ އާއި އެއަށްވުރެ ދަށް 25،000
  • 10،001ރ އިން 15،000ރ އަށް، 30،000
  • 15،001ރ އިން 20،000ރ އަށް، 35،000
  • 20،001ރ އިން 25،000ރ އަށް، 40،000
  • 25،001ރ އިން 30،000ރ އަށް، 45،000
  • 30،001ރ އިން 40،000ރ އަށް، 50،000
  • 40،001ރ އިން 50،000ރ އަށް، 55،000
  • 50،001ރ އިން 60،000ރ އަށް، 60،000
  • 60،001ރ އިން 80،000ރ އަށް، 65،000
  • 80،001ރ އަށްވުރެ މަތި 70،000

މި ސީލިންގެ މުސާރަ ލިބޭ މުވައްޒަފުންގެ ތެރެއިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި، ހެލްތުޕްރޮޓެކްޝަން އޭޖެންސީގެ މުވައްޒަފުންނާއި، ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމުތައް ފިޔަވާ އެހެނިހެން މުވައްޒަފުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުވައްޒަފުންނާއި، އެންއީއޯސީގެ މުވައްޒަފުން ވަނީ އިސްތިސްނާކޮށްފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުންއަންނަ ޢިނާޔަތް މުރާޢާޖާކުރުމަށްވެސް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މަޖިލީހަށް ހުށައަލާފައެވެ.