ފުލުހުންގެ 5 މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ މި ހާލަތު ދާ ގޮތުން ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި އެންމެ އިސްސަފުގައި ނުކުމެ މަސައްކަތް ކުރަންޖެހޭ ބަޔަކަށް ފުލުހުން ވާހިނދު ފުލުހުން މި ބައްޔަށް ހުށައެޅުމުގެ ނުރައްކާ ވަރަށް ބޮޑުކަމަށެވެ. މިގޮތުން މިހާތަނަށް ފަސް ފުލަހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަަމަށާއި 170 ފުލުހަކު ކަރަންޓީނުކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންތަކެއް ޕޮޒިޓިވެ ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީނު ކުރަންޖެހުމަކީ ފުލުހުންގެ މަސައްކަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ.
" އަޅުގަޑުމެން ކުރަން ހުރި މަސައްކަތުގައި ހަގީގަތުގައިވެސް ލިބެމުންދާ ހީނަރަކުން ނުވަތަ ފޯސް މަދުވާ މަދުވުން އެހީ ވަރަށް ބޮޑު ޗެލަންޖަކަށްވޭ. އެހެންމަވެސް އެނގިވަޑައިގަންނަވާނެ ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުންނާއި ހެލެތް ދާއިރާގެ ބޭފުޅުން ނުކުމެ މަސައްކަތް ކޮށްގެން ނޫނީ ދެން ތިބި ބޭފުޅުން ސަލާމަތްކުރެވޭކަށް ނެތް .އެހެންވީމަ ފުރާނަ އަތް މައްޗަށް ލައިގެން އެ ބޭފުޅުން ނުކުމެ ކުރާ ސައްކަތަކީ އަޅުގަޑުމެން ހިތުގެ އަޑިން ބަލައިގަނެ ޝުކުރު އަދާކުރަންޖެހޭ މަސައްކަތެއް " ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ ތެރެއިން ޕްރަންޓް ލައިންގައި މަސައްލަތް ކުރާ ފަރާތްތައް މަސައްކަތް ނިންމުމަށްފަހު އާއިލާ ކައިރިއަށް ނުގޮސް ތިބޭވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ފޯރިއަށް ނުކުންނަށް ފުލުހުންނާއި ފުރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރާނެ އެސްއޯޕީއާއި ގައިޑްލައިންތައްވެސް ހަދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކު ބަދަލުވަމުންދާ ހާލަތާއި އެކު ކަންކަން މަޝްވަރާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާކަންވެސް މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.
ޕުރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންގެ އިތުރުން އެމްއެންޑިއެފްގެ ވެސް ބައެއް ސިފައިން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ބައެއް ސިފައިންވެސް ވަނީ ކަރަންޓީނުކޮށްފައެވެ. ކޯވިޑް ހަލުވިކަމާއި އެކު ރާއްޖޭގައި ފެތެރެން ފަށާ މިބަލި ޖެހުނު މީހުގެ އަދަދު މިވަނީ ހަތްސަތޭކައަށް ވުރެ މައްޗަށް އަރާފައެވެ.