ޚަބަރު

ކޯވިޑް-19 : އިތުރު 10 މީހަކު ޕޮޒިޓިވް ވެއްޖެ


ރާއްޖެއިން އިތުރު 10 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި ބަންގްލަދޭޝްގެ 5 މީހެކެވެ.
މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 551އަށް އިތުރު ވެފައެވެ. އަދި މި ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 191އެވެ. އަދި މި ބަލި ޖެހުނު ބިދޭސީންގެ އަދަދަކީ 360އެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު އިތުރުވަމުން އަންނައިރު ކުރިއަށް އޮތް ދެހަފްތާއަކީ ބޮޑަށް މި ބަލި ފެތުރޭނެ ނުވަތަ ޕީކަށް ދާނެ ދެ ހަފްތާކަމަށް ކަމާގުޅުންހުރި ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ކުރިން ފެންނަ ޢަދަދަށްވުރެ ކޭސްތަކުގެ ޢަދަދު މިހާރު މަދުނަމަވެސް އޭގެ މާނައަކީ ރާއްޖެއިން ބަލި ކޮންޓްރޯލް ކުރެވުނީ ނޫންކަމަށާއި، އަދިވެސް މި ބަލީގެ ނުރައްކާ އޮތް ތަންތަނުނުން ސާމްޕަލް ނަގައިގެން ޓެސްޓްކުރުން ކުރިއަށް އޮތްކަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޕޮޒިޓިވް ކޭސްތައް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް ޓެގް އިން ވިދާޅުވެއެވެ.