ޚަބަރު

ކޯވިޑް-19 : އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ރާއްޖެއާއި ޖަޕާނުން މަޝްވަރާކޮށްފި


މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖޭއާއި ޖަޕާންސަރުކާރާއި ދެމެދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާކުރައްވާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ޖަޕާންގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ވަކަމިޔާ ޖެންޖިއާ ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެ ޤައުމުންވެސް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިމަޝްވަރާތަކުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ މި ބަލީފެތުރުމުގެ ނުރައްކާ އެންމެ ބޮޑެތި ޤަޢުމުތަކަށް ޖަޕާނުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ ތަޢުރީފްކުރައްވާފައެވެ.

ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ކުރެއްވި ޓުވީޓު-

ޖަޕާނަކީ އެކި ރޮނގުރޮނގުން ރާއްޖެއަށްވެސް ގިނަ އެހީތަކެ ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. ޚާއްޞަކޮށް ރާއްޖެއަށް އެހީތެރިކަން އެންމެ ބޭނުންވާ ވަގުތުތަކުގައި އެޤައުމުން ްއަބަދުވެސް އެހީގެ ތަކެތި ފޯރުކޮށްދީފައިވެއެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ޖަޕާނުގެ ކުންފުންޏަކުން ރާއްޖެއަށް ވަނީ މާސްކާއި މެޑިކަލް އެހެނިހެން ބައެއް ސާމާނު ފޯރުކޮށްދީފައެވެ.
ޖަޕާނުގެ ސަރުކާރުގެ އެހީގައި ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި އުމުރާނީ ތަރައްޤީޤެ ގިނަ މަޝްރޫއުތަކާއި، ތައުލީމީދާއިރާގެ ގިނަ މަޝްރޫއުތައް ހިންގާފައި ވެއެވެ.