ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އެމެރިކާގެ ދަރިވަރަކު އެތެރެ ފެންނަ މާސްކެއް އުފައްދައިފިއެވެ. އަޑުއިވުމުގެ މައްސަލަތައް ހުންނަ މީހުންނާއި ބީރު މީހުންނަށް ޚާއްސަކޮށްގެން އެފަދަ މާސްކެެއް އުފައްދާފައިވަނީ އެމެރިކާގެ އީސްޓަން ކެންޓަކީ ޔުނިވާސިޓީގައި ކިޔަވަމުންދާ އޭޝްލީ ލައުރެންސެވެ. އެމާސްކު ތައްޔާރުކުރުމުގެ ވިސްނުން އޭނާއަށް އައީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ މާސްކު ތައްޔާރުކުރާތަން ފޭސްބުކުން ފެނިގެންނެވެ.
އާންމުކޮށް ބޭނުންކުރާ މާސްކުތަކުން މީހުންގެ އަނގަމަތި ފޮރުވޭތީ، ތުންފަތް ތަޅުވާގޮތް ބަލައިގެންނާއި މޫނުގެ ޙަރަކާތްތައް ދޭހަކޮށްގެން ދައްކާ ވާހަކަ ދެނެގަންނަ މީހުންނަށް ވަނީ ބޮޑެތި ހުރަސްތަކާ ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން ބީރުމީހުންނާއި އަޑުއިވުމުގެ ދަތިތައް ހުންނަ މީހުންނަށް އުނގަންނައިދޭނެ ގޮތްތައް ދަސްކުރަމުންދާ އޭޝްލީ ނިންމީ ތުންފަތާއި މޫނުގެ ޙަރަކާތްތައް ފެންނަފަދަ މާސްކެއް ތައްޔާރުކުރުމަށެވެ.
އޭނާ ތައްޔާރުކުރި މާސްކުގެ އެންމެ ބޭރުގައި ހުންނަނީ އެތެރެ ފެންނަ ފަށަލައެކެވެ. އޭގެ ސަބަބުން ވާހަކަ ދައްކާއިރު ތުންފަތުގެ ޙަރަކާތްތަކާއި މޫނުގެ ޙަރަކާތްތައް ސާފުކޮށް ފެންނާނެއެވެ. އެމާސްކަކީ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ މާސްކެކެވެ.
އޭޝްލީއާއި އޭނާގެ މަންމަ އެންމެ ފުރަތަމަ މާސްކު އުފެއްދީ ބޭނުންނުކުރާ ބާ ބެޑުޝީޓު ބޭނުންކޮށްގެންނެވެ. މިހާތަނަށް އެމެރިކާގެ ހަ ސްޓޭޓަކުން މާސްކަށް އޯޑަރު ލިބިފައިވާކަމަށް އޭޝްލީބުނެއެވެ. އޭނާ ތައްޔާރުކުރާ މާސްކުތައް އޭނާ އަންނަނީ ހިލޭ މީހުންނަށް ދެމުންނެވެ. މާސްކު ބޭނުންވާ މީހުން އޭނާއަށް އީމެއިލްކުރުމަށް ވަނީ އޭޝްލީވަނީ އެދިފައެވެ.
ކޮކްލިއަރ އިމްޕްލާންޓްފަދަ ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި ޙާއްސަ މާސްކެެއް ތައްޔާރުކުރުމަށް އޭޝްލީދަނީ ވިސްނަމުންނެވެ. އާންމުކޮށް ބޭނުންކުރާ މާސްކުތައް އަޅުވަންޖެހެނީ ކަންފަތުގައެވެ. އަލަށް އުފައްދަން ވިސްނާ މާސްކުތައް މޫނުގައި ނޫނީ ބޮލުގައި އެޅުވޭނެގޮތެއް އޭނާ ދަނީ ވިސްނަމުންނެވެ.