ކޯވިޑް-19ގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާދިނުމަށް 300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ހާމަކުރައްވާފައެވެ.
ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްވަނީ، 300 އެނދުގެ ސިއްހީ ފަރުވާދޭ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގައި ހުރި އިމާރާތްތަކެއް ހުސްކޮށް، އެތަންތަން މަރާމާތުކޮށްގެންކަމަށް މައުލޫމާތު ލިބެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ރެއާއި ދުވާލު މަސައްކަތްކޮށްގެން ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިމަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެގެ އިތުރުން ފަރުކޮޅުފުށީގައިވެސް އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިމަސައްކަތްތައް ކުރިއަށްދަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެމްއެންޑީއެފްގެ އިތުރުން ސްޓެލްކޯ، ފެނަކަ، އަމީން ކޮންސްޓްރަކްޝަން، މަސީ އަދި ޕްލޭނިން މިނިސްޓްރީންވެސް މިމަސައްކަތުގައި ބައިވެރިވެއެވެ.
މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19ގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާދިނުމަށް 300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތުގައި ފެނަކައިގެ މުއައްޒަފުން ބައިވެރިވާ މަންޒަރު އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާކުރައްވާފައެވެ.
ހުޅުމާލޭގައި 300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ފަރުކޮޅު ފުށީގައި އައިސޮލޭޝަން ފެސިލިޓީ ޤާއިމުކުރުމަށް ކުރާ މަރާމާތުގެ މަސައްކަތްވަނީ ނިންމާލާފައެވެ. ކޯވިޑް-19ގައި ބޮޑުވަރުވާ ފަރާތްތަކަށް ފަރުވާދިނުމަށް 300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރަމުންދާއިރު، އައިސީޔޫގައި ފަރުވާދިނުމަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމުގެ މަސައްކަތް އައިޖީއެމް ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ.