ޚަބަރު

ކޯވިޑް-19 ފަންޑަށް އަކްޝޭ 25 ކްރޯޑް ރުޕީސް ހަދިޔާކޮށްފި


ކޯވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކުލަވާލި " ޕީއެމް ކެއަރ ފަންޑު " އަށް އަކްޝޭ ކުމާރު 25 ކްރޯޑް އިންޑިއަން ރުފީސް ހަދިޔާކޮށްފިއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް -19 ރައްކާތެރިވުމަށް އެހީތެރިވުމުގެ ގޮތުން މޯދީވަނީ "ޕީއެމް ކެއަރ ފަންޑް" ގެ ނަމުގައި ފަންޑެއް ހުޅުވާފައެވެ. އަދި ކިތަންމެ ކުޑަ މިިންވަރެއް ނަމަވެސް އެ ފަންޑަށް ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ފަންޑު ހުޅުވާލުމުން އަކްޝޭ ކުމާރު ވަނީ 25 ކްރޯޑް ރުޕީސް ހަދިޔާކޮށްފައެވެ. އެ ފައިސާ ހަދިޔާކުރިކަން އިއުލާންކޮށް އަކްޝޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މީ އެހެން ހުރިހާ ކަމަކަށްވުރެ އިންސާނުންގެ ފުރާނަ މުހިއްމު ވަގުތެއްކަމަށެވެ. އަދި އެކަމަށް ކުރެވުނު ކޮންމެ ކަމެއް ކުރަންޖެހޭކަމަށްވެސް އަކްޝޭ ބުނެފައިވެއެވެ.

އަކްޝޭގެ މި ނިންމުމާއި ގުޅިގެން އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެހާ ބޮޑު އަދަދެއް އެހީގެ ގޮތުގައި ދިނުމަށް ނިންމުމުން އެކަމާއި ވާހަކަ ދެއްކިކަމަށެވެ. އަންހެނުންގެ އެ ވާހަކަތަކަށް ޖަވާބު ދެމުން އަކްޝޭ ބުނީ އެނާ ފިލްމީ ކެރުއަރ ފެށި އިރު އަތުގައި އެއްވެސް އެއްޗެއް ނެތްކަމަށާއި މިހާރު އެ ހާލަތު ބަދަލުވެފައިވާއިރު އެއްޗެއް ނެތް މީހާއަށް އެހީ ނުވެ ހުންނާނީ ކިހިނެތްތޯ ބުނެފައިވާކަމަށް ޓްވިންކަލް ބުނެފައިވެއެވެ.

ކޯވިޑް- 19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް މަޝްހޫރު ފަންނާނުން އަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި މަޝްހޫރު ފުޓްބޯޅަ ތަރިންނާއި ލަވަކިޔުންތެރިންނާއި ފިލްމީ ތަރިން ހިމެނެއެވެ. މިގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯއާއި މެސީވެސް އެއް މިލިއަން ޔޫރޯގެ އެހީ ދީފައެވެ.

އަކްޝޭގެ މި ނިންމުމާއި ގުޅިގެން އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ ބުނެފައިވަނީ އެހާ ބޮޑު އަދަދެއް އެހީގެ ގޮތުގައި ދިނުމަށް ނިންމުމުން އެކަމާއި ވާހަކަ ދެއްކިކަމަށެވެ. އަންހެނުންގެ އެ ވާހަކަތަކަށް ޖަވާބު ދެމުން އަކްޝޭ ބުނީ އެނާ ފިލްމީ ކެރިއަރ ފެށި އިރު އަތުގައި އެއްވެސް އެއްޗެއް ނެތްކަމަށާއި މިހާރު އެ ހާލަތު ބަދަލުވެފައިވާއިރު އެއްޗެއް ނެތް މީހާއަށް އެހީ ނުވެ ހުންނާނީ ކިހިނެތްތޯ އަކްޝޭ ބުނިކަމަށް ޓްވިންކަލް ބުނެފައިވެއެވެ.

ކޯވިޑް- 19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް މަޝްހޫރު ފަންނާނުން އަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެތެރޭގައި މަޝްހޫރު ފުޓްބޯޅަ ތަރިންނާއި ލަވަކިޔުންތެރިންނާއި ފިލްމީ ތަރިން ހިމެނެއެވެ. މިގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯއާއި މެސީވެސް ވަނީ އެއް މިލިއަން ޔޫރޯގެ އެހީ ދީފައެވެ.