ވިޔަފާރި

ކޯވިޑް-19 : ކުޅުދުއްފުށީ އެއަރޕޯޓާއި ބަނދަރަށް މީހުން އެއްވެ ނުތިބުމަށް އަންގައިފި


ކޯވިޑް-19 އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ މި ބަލި ފެތުރުމަށް މަގުފަހިވާ ކަމަކަށްވާތީ ކުޅުދުއްފުށީ އެއަރޕޯޓަށާއި، ލޯކަލް ބަނދަރަށް ލަފާފުރާ ވަގުތުތަކުގައި މީހުން އެއްވެ ނޫޅުމަށް ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ރަށު ކައުންސިލުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކުފޯސުްނ ދީފައިވާ އިރުޝާދުގެމަތިންނެވެ.

ކޯވިޑް-19 އާ ގުޅިގެން މި މާރޗް މަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުވިނަމަވެސް ހުކުރު ދުވަސް ފިޔަވައި ކުޅުދުއްފުށީ ބަނދަރުގެ ޚިދުމަތް ކަސްޓަމަރުންނަން ލިބޭނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއެވެ. މި ދުވަސްތަކުގައި މި ބަނދަރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 07:30 އިން ފެށިގެން މެންދުރު ފަހު 14:00 އަށެވެ.

މީގެއިތުރުން ކޯވިޑް19 އާއި ގުޅިގެން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަޕްޑޭޓްކުރުމުގެ މަސައްކަތްވެސް އެ ކައުންސިލުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މި ދަފްތަރުގައި ބިދޭސީ މުވައްޒަފުން ރަޖިސްޓްރީނުކޮށް ބައެއް ފަރާތްތަކުން ގެންގުޅޭތީ ވީހާވެސް އަވަހަކަށް ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ކައުންސިލުން ވަނީ އެފަރާތްތަކަށް އަންގާފައެވެ.