ޚަބަރު

ފުލުހުންނަށް މިނިވަން ފަންސާހުގެ މެޑަލް ހަވާލުކުރުމަށް ނިންމައިފި


ރާއްޖޭގެ
މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ޖުލައި ސައްބީސް ވަނަ
ދުވަހާއި ހަމައަށް ފުލުހުންގެ  ވަޒީފާގައި
ދެމިތިބި ކޮންމެ ފުލުހުކަށް މިނިވަން ފަންސާހުގެ މެޑަލް ހަވާލުކުރުމަށް ނިންމައިފިއެވެ.
މިމެޑެލް ދޭންނިންމާ ބައެއް ފުލުހުންނަށް ރޭ ވަނީ މިނިވަން ފަންސާހުގެ މެޑަލް
ހަވާލުކޮށްފައެވެ. މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި
ފުލުހުންނާއި މެޑެލް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ.މިނިވަން
ފަންސާހުގެ މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި،
ފުލުހުންގެ ކޮންމެ ރޭންކަކުންވެސް އެއް ފުލުހަކަށް ވަނީ ރޭ ހަވާލުކޮށްފައެވެ.



މިނިވަން
50 ގެ މެޑައްޔަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް
ޤައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން ތައާރަފްކުރި މެޑަލެއްކަމަށް
ފުލުހުން މައުލޫމާތުދެއެވެ.  މިނިވަން ފަންސާސް މެޑަލްގެ ގޮތުގައި
މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައިވަނީ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ
މުނާސަބާއާއި ގުޅިގެން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރުމުގެ ގޮތުންކަމަށްވެސް
ފުލުހުން ބުނެއެވެ.



އެގޮތުން
މިއަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހާއި ހަމައަށް ފުލުހުންގެ ވަޒީފާގައި
ދެމިތިބި ކޮންމެ ފުލުހަކަށް މިމެޑަލް ދިނުމަށް ނިންމައި، މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ
ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާބެހޭ ޤަވާއިދަށް އިސްލާހު ގެނެސް ސަރުކާރުގެ
ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.