ޚަބަރު

ސްޓޭޑިއަމްގައި އީދު ނަމާދު ޖަމާޢަތުގައި ނުކުރާގޮތަށް ނިންމައިފި


މޫސުން ތަން ނުދިނުމުގެ ސަބަބުން ސްޓޭޑިއަމްގައި ބާއްވަން ހަމަޖެއްސި ޖަމާއަތުގައި އީދު ނަމާދު ކުރުން ސްޓޭޑިއަމްގައި ނުބާއްވާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.މިކަން ހާމަކުރައްވާފައިވަނީ މިރޭ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ކުރެއްވި ޓްވީޓަކުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ދުވަހު ބާއްވަން ހަމަޖައްސަވާފައިވާ އީދު ސަލާމްކުރުންވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރައްވާފައިވާކަން ތަރުޖަމާނު ހާމަކުރައްވައެވެ.މޫސުން ތަންދޭނަމަ އީދު ދުވަހުގެ ހަވީރު ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު މާދަމާ ބާއްވާނެ ކަމަށާއި މާދަމާ މޫސުން ތަންނުދީފިނަމަ ކުޑަކުދިންގެ ހަވީރު ދެން ބާއްވާނީ ވަޅުއީދު ދުވަހު ކަމަށްވެސް މުއާޒް ހާމަކުރައްވައެވެ.