ސިއްހަތު

ތިން ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރަނީ


ތިން
ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހެލްތް މިނިސްޓްރީގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި ސޮއިކޮށްފައިވާ 3 ސިއްހީ
މަރުކަޒަކީ ގއ. ގެމަނަފުށީ ސިއްހީ މަރުކަޒާ ހއ އިހަވަންދޫ ސިއްހީ މަރުކަޒާ ނ
މަގޫދޫ ސިއްހީ މަރުކަޒެވެ. ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި
ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ހެލްތް މިނިސްޓަރ އިރުތިޝާމް
އާދަމްއެވެ.

ގއ. ގެމަނަފުށީ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ދެލައްކަ އަށްޑިހަ އެއްހާހަށްވުރެ
ގިނަރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. 55 ދުވަހުގެ ތެރޭގައި މި
މަސައްކަތް ނިންމުމަށް ހަވާލު ކުރެވިފައިވަނީ އަމިއްލަފަރާތެއްކަމަށްވާ އިބްރާހިމް
އަސްވަދުއާއެވެ. ހއ އިހަވަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރާބައިގެ މަސައްކަތް ހަތްދިހަ
އަށް ދުވަހުގެ ތެރޭގައި ކުރުމަށް ހަވާލު ކުރެވިފައިވަނީ ހަވާވުޑް ވޯރކްސް
ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތަށް އެއްމިލިއަން ހަތަރުލައްކައަށްވުރެ ގިނަ
ރުފިޔާ ޚަރުދުވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ނ މަގޫދޫ ސިއްޙީ
މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު
ކުރެވިފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. މިމަސައްކަތަށް
ދެމިލިޔަން އަށްލައްކައަށް ވުރެ ގިނަރުފިޔާ ހަރަދުވާނެކަމަށް ހެލްތް މިނިސްޓްރީން
ބުނެފައިވެއެވެ.