ޚަބަރު

ހުޅުލޭ ފެރީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ


ހުޅުލޭ ފެރީއަކާއި ދިއްފުށްޓަށް ދަތުރުކުރި ލޯންޗެއް އެކްސިޑެންޓް ވެ މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ލިބިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހަވީރު 16:30 ގައިކަމަށެވެ. އެކްސިޑެންޓް ވި ދެ އުޅަނދު ދުއްވި ފަރާތުގެ އަތުގައިވެސް ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މީގެ އިތުރުން ވިލިމާލެ ފެރީއަކާއި، ވިލާ ގޭސް ދޯންޏެއް ޖެހިވެސް ވަނީ ކަނޑުމަތީގެ ހާދިސާއެއް ހިނގާފައެވެ. މިރޭ 7:00 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. މި ދެ އުޅަނދު ދުއްވި ފަރާތުގެ އަތުގައިވެސް ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.