ޚަބަރު

ހިމަބިއްސާއި ގުޅޭ މަޢުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް އިލްތިމާސްކޮށްފި


ޚަބަރުފަތުރާ ވަސީލަތްތަކުން ހިމަބިއްސާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި ހަމައަށް ގެނެސްދިނުމުގައި ޒިންމާދާރުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކައުންސިލުންބުނެފައި ވަނީ ހިމަބިިހި ރާއްޖެއިން ފެންނަމުންދާކަން ހެލްތް މިނިސްޓްރީއިން އިޢުލާންކޮށްފައިވާއިރު، އެކަމާއި ގުޅިގެން މި ދަނޑިވަޅުގައި ގެނެސްދޭ ކޮންމެ މަޢުލޫމާތަކީވެސް ސައްޙަ މައުލޫމާތުކަން ޔަޤީން ކުރަންޖެހޭކަމަށެވެ.

އަދި މަޢުލޫމާތު ގެނެސްދިނުމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުއުފެދޭނެ ފަދަ ގޮތަކަށް މަޢުލޫމާތު ގެނެސްދިނުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މީޑިއާތަކުން ޢަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްއިން އެކުލަވާލާފައިވާ އަސާސީ އަޙްލާގީ މިންގަނޑުގައިވާގޮތުން މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ސައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.