ފަތަހަ ސްޓަރ ޕްރައިވެޓް ލިމިޓެޑްއިން ފަތަހަ މޯލްގެ ނަމުގައި ފިހާރައެއް ހުޅުވައިފިއެވެ.
މި ފިހާރަ ހުޅުވާފައިވަނީ މާވެޔޮ މަގުގައެވެ.
ފަތަހަ މޯލްގައި ތިން ފްލޯ ހިމެނޭ އިރު ކޮންމެ ފްލޯއެއްގައި ވެސް ޢާއްމު ދިރިއުޅުމަށް ބޭނުންވާނެ ތަފާތު އެކި ސާމާނު ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ފަތަހައިން ބުނީ ތިން ފްލޯގެ އައުޓްލެޓެއް ހުޅުވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އެއް ތާކުން ފަސޭހަކަމާއެކު ޢާއްމު ދިރިއުޅުމަށް ބޭނުންވާނެ ސާމާނު ލިބޭނެ މަގު ތަނަވަސް ކޮންދިނުންކަމަށެވެ.
އޯކިޑްމަގުގައި ހިންގަމުން އައި ފަތަހަ ސްޓަރ ވަނީ މަރާމާތަށް ބަންދު ކޮށްފައެވެ. ފަތަހަ ސްޓާރއިން ލިބެމުން އައި ދިވެހި އުފެއްދުންތައް މިހާރު ލިބެމުން އަންނާނީ ފަތަހަ މޯލުންނެވެ.