ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށާއި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލް ޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށާއި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި ރާއްޖޭގެ ރައްޔިތުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ މިރޭ 8:30ގައި ދަރުބާރުގޭގައި އޮންނާނެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ޓީވީއެމުން ވަގުތުން ގެނެސްދޭނެއެވެ.