ދުނިޔެ

ބައްޝާރުގެ ސަރުކާރު ވައްޓާލުމަކީ ސޫރިޔާ މައްސަލައަށް ހައްލެއްނޫން


ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ހައްލެއް ހޯދޭނީރައީސް ބައްޝާރުގެ ބަދަލުގައި އެހެން ބޭފުޅެއްގެ ޒައާމަތުގައި އެގައުމުގެ މެދުމިނުގެ ސިޔާސީ ފަރާތްތައް ހިމެނޭގޮތަށް ގައުމީ އެއްބައިވަންތަ ކަމުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލައިގެން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.ޕެންޓަގަންގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ބައްޝާރުގެ ސަރުކާރު ވައްޓާލުމަކީ ސޫރިޔާގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމެއްކަމަށް އެމެރިކާ ނުދެކޭ ކަމަށެވެ. އަދި އައިއެސްފަދަ ހަރުކަށި ޖަމާއަތްތައް ސޫރިޔާގައި ބާރުގަދަ ކޮށްފައިވާއިރު ސޫރިޔާ ސަރުކާރު ވައްޓާލުން ބުއްދިވެރި ނޫންކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.ނަމަވެސް އޮބާމާ ވިދާޅުވީ ބައްޝާރު ވެރިކަމުގައި ހުންނަވައިގެން ސޫރިޔާގެ މައްސަލަ ހައްލުކުރެވޭނެ ކަމަށާ ސޫރިޔާގެ މެދުމިނުގެ ސިޔާސަތުތައް ގެންގުޅޭ އިދިކޮޅު ފަރާތްތަކަށް އަސްކަރީ ގޮތުން އެމެރިކާ އެހީތެރިވަމުން ގެންދާނެ ކަމަށެވެ. އަދި ބައްޝާރުގެ ބަދަލުގައި އެހެން ބޭފުޅެއްގެ ޒައާމަތުގައި ސޫރިޔާގެ މެދުމިނުގެ ސިޔާސީ ފަރާތްތައް ހިމެނޭގޮތަށްއިންތިގާލީ ސަރުކާރެއް އެކުލަވާލައިގެންސޫރިޔާގެ މައްސަލަސިޔާސީ ގޮތުން ހައްލުކުރުމަށް އެމެރިކާ ތާއީދުކުރާ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.